ވަން އައިލެންޑް ކޮންސެޕްޓްގެ ހަތަރު ރިސޯޓް ހައްދުންމަތީގައި ތަރައްގީ ކުރަށްވާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އިއްޔެ ހަވީރު ފޮނަދޫގައި ބޭއްވި ބޮޑު ވެހިކަލް ބުރު ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
ފައިސަލް އިއްޔެ ވިދާޅުވީ ވަން އައިލެންޑް ކޮންސެޕްޓްގެ ދަށުން ލ. އަތޮޅުގައި މި ސަރުކާރުން ތަރައްޤީކުރާ 4 ރިސޯޓުގެ ތެރެއިން އެއް ރިސޯޓުގެ މަސައްކަތް ދުބާއީ ކުންފުންޏަކާއި ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށެވެ. އެ ރިސޯޓް ތަރައްގީކުރަން ނިންމާފައިވަނީ ލ. މާފަރުގެ ފަޅުތެރޭގައި އޮތް ފަޅު ރަށެއްގައި ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވަނީ އެރިސޯޓުގެ މަސައްކަތް ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަށްވާނެ ކަމުގެ ޔަޤީންކަން ހައްދުންމަތީގެ ރައްޔިތުންނަށް އަރުވާ ކަމަށް ވިދާޅުވެފައެވެ.
އިއްޔެގެ ސައިކަލް ބުރުގައި ފައިސަލް އިތުރަށް ވިދާޅުވީ ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުވެގެންދާ މަންޒަރު އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު