އަލަށް ވޯޓްލުމުގެ ހައްގު ލިބޭ ގިނަ ޒުވާނުން ވޯޓުލުމަށް ޝައުގުވެރިކަން ނުހުންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާ އެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޙަސަން ވިދާޅުވީ ކޮންމެ އިންތިޚާބަކަށް ވޯޓުލެވޭ މީހުންގެ އާބާދީ އިތުރުވާއިރު ވޯޓުލާ މީހުންގެ ނިސްބަތް އިތުރުނުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި އެމައްސަލަ ޤައުމީ ފެންވަރެއްގައި ދިރާސާކޮށް ޙައްލު ހޯދަންޖެހޭ ކަމަށް ޙަސަން ވިދާޅުވިއެވެ.

އެގޮތުން 18 އަހަރު ފުރިގެން އަލަށް ވޯޓްލުމުގެ ހައްގު ލިބޭ ގިނަ ޒުވާނުން ވޯޓުލުމަށް ޝައުގުވެރިކަން ނުހުންނަކަން މިހާތަނަށް ބެލިބެލުމުން ފާޙަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން އެކަމަށް ސިޔާސީ ޕާޓީތަކުންވެސް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ޙަސަން ވަނީ ވިދާޅުވެފައެވެ.

ޙަސަން މިހެން ވިދާޅުވެފައިވާއިރު މިދިޔަ މަޖިލީސް އިންތިޚާބުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ 75 އިންސައްތައެވެ.

މަޖިލީސް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ކާމިޔާބު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން