ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު
ކޮޕީރައިޓް ޤާނޫނު ރާއްޖޭގައި ރަނގަޅަށް ތަންފީޒު ނުކުރެވޭ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ވިދާޅުވެއްޖެއެވެ.

ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތްކޮށްދިނުމާއި، ކޮޕީރައިޓް ހައްޤަކަށް އުނިކަމެއް ލިބިއްޖެނަމަ އެޅޭނެ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅުމަށް އުފައްދާފައިވާ ކޮޕީރައިޓް ޤާނޫނަށް އިސްލާހު ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ނިންމަންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮޕީރައިޓާއި، އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ ކޮޕީރައިޓާއި ބެހޭ ޤާނޫނު އޭގެ ޙަޤީޤީ މާނާގައި ތަންފީޒު ނުކުރެވޭނަމަ ޤާނޫނެއް އޮތުމުގެ މާނައެއް ނެތް ކަމަށެވެ.

އާމިރު ވިދާޅުވީ ޤާނޫނުތައް ހެދުމުގެ ބޭނުމަކީ ވީ އެންމެ ފުރިހަމަ އަކަށް އެ ޤާނޫނުތައް ތަންފީޒު ކުރުން ކަމަށާއި ނަމަވެސް ރާއްޖޭގައި އެކަން އެގޮތަށް ނުހިނގާ ކަމަށެވެ.

"ޤާނޫނުތައް ތަންފީޒު ނުކުރެވެންޏާ ޤާނޫނު ހެދުމުގެ މާބޮޑު ބޭނުމެއް ނެތް." އާމިރު ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގައި އުފައްދާ އުފެއްދުންތަކަށް ޤާނޫނީ ހިމާޔަތް ލިބެންޖެހޭ ކަމަށާއި ކޮޕީރައިޓް ޤާނޫނުން ދިވެހި ފަންނުވެރިންގެ އުފެއްދުންތަކަށް ޙިމާޔަތް ލިބެން ޖެހޭކަން އާމިރު ފާހަގަ ކުރެއްވިއެވެ.

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަކީ 2010 ވަނަ އަހަރު ވުޖޫދު ކުރެވުނު ޤާނޫނެކެވެ. މި ޤާނޫނަށް އިސްލާޙު ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ އަބްދުލްޙަކީމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން