އަހުމަދު ޝާހް   29 އޭޕްރީލު 2024 - 11:40
"އަހާ" ފޯރަމްގެ ތެރެއިން
"އަހާ" ފޯރަމްގެ ތެރެއިން
މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އާންމުންނަށް ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ "އަހާ" ފޯރަމްގެ ތިން ވަނަ ޕްރޮގްރާމް މިރޭ އޮންނާނެއެވެ.

"އަހާ" ގެ ފުރަތަމަ ބޭއްވީ ޖެނުއަރީ 25 ގަ އެވެ. އެ ފޯރަމްގައި ވެސް ފަސް މިނިސްޓަރަކު ބައިވެރިވެވަޑައިގަތެވެ. އޭގެ ފަހުން ރައީސް ޑރ. މުއިއްޒާ އެކީ ވެސް ފޯރަމެއް ބޭއްވި އެވެ.

ރައީސް އޮފީހުން ބުނީ މިރޭގެ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ކަމަށެވެ.

މި ފޯރަމްގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނާއި، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި، ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާގެ އިތުރުން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ޕްރޮގްރާމްގައި ސުވާލުކުރަން ބޭނުން ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސުލްޖުމްހޫރިއްޔާވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފޯރަމެއް ބާއްވަވާނެކަން އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން