ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މާދަމާ ހެނދުނު މާލެއިން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑޭނީ މާލެ މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަމަށެވެ.

އެގޮތުން މާފަންނުގެ ހަވީރީ ހިނގުން، ބޮޑުތަކުރުފާނު މަގު، ގަދަކޯޅި މަގު، ޗަބޭލީމަގު، ހަނދުވަރީ ހިނގުން، ކަނބާއައިސަރަނި ހިނގުން، ބަނދަރުމަތީ ހިނގުން އަދި ފުލޫނިޔާ މަގު ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ޚިދުމަތް މެދުކެނޑޭނީ 01 މެއި 2024 ވާ ބުދަ ދުވަހު (މާދަމާ)ގެ ހެނދުނު 9:00 ން 13:00 އާ ދެމެދުގެ ވަގުތު ތަކުގައެވެ.



ސްޓެލްކޯއިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށެވެ.

ހަމައެއާއެކު ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން