ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ
ހިސްޓްރީ ޕެޓާން ފެންނަގޮތުން މިއަންނަ މަހުވެސް ކަރަންޓުބިލް ބޮޑުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ ކަރަންޓުބިލް ބޮޑުވުމުގެ ކަންބޮޑުވުމަކީ ކޮންމެ އަހަރެއްގެވެސް ހޫނު މޫސުމުގައި ކަސްޓަމަރުން ފާޅުކުރާ ކަންބޮޑުވުމެއް ކަމަށާއި އެއީ ފާއިތުވީމަހު އެކަނި ކުރިމަތިވީ ކަމެއް ނޫންކަމަށެވެ.

މިހާރު މިހިނގާ ދުވަސްތަކަކީ ރާއްޖޭގެ ތާރީޚުގައިވެސް ފަހަކަށްއައިސް އެންމެ ހޫނު ގަދަވި މަސްތައްކަން ފާހަގަ ކުރަށްވަމުން ފަހުމީ ވިދާޅުވީ، މިދިޔަ މަހާއި މިމަހު ކަރަންޓް ބިލު ބޮޑުވެފައިވަނީ ހޫނު ގަދަވެގެންކަމަށް ޤަބޫލުކުރަށްވާ ކަމަށެވެ. އަދި ސްޓެލްކޯގެ ހިސްޓްރީ ޕެޓާން ފެންނަ ގޮތުން އަންނަ މަހަކީވެސް ކަރަންޓު ބިލް ބޮޑުވާނެ މަހެއްކަން ފަހުމީ ފާހަގަ ކުރެއްވިއެވެ.

"އަންނަ މަހުވެސް މި ފޯކާސްޓް ދައްކާގޮތުން ކަރަންޓް ބިލު ބޮޑުވާނެކަމަށް އަޅުގަނޑުމެން މިބަލަނީ." ފަހުމީ ވިދާޅުވިއެވެ.

ކަރަންޓު ބިލަށް ކުރަންޖެހޭ ހޭދަ ބޮޑުވާ މައްސަލާގައި ފަހުމީ ވިދާޅުވީ އެގޮތަށް ދިމާވަނީ ކަރަންޓު ބޭނުންކުރެވޭ ނިސްބަތް މަތިވުމުން ކަމަށާއި، އެކަމަށް ރައްޔިތުން ސަމާލުކަން ދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

ފަހުމީ މިހެން ވިދާޅުވެފައިވާއިރު މިދިޔަ ރޯދަމަހުގެ ޔުޓިލިޓީ ބިލްތަކުން ޖުމްލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ޖެހިގެން އައިމަހު ގޭބިސީތަކަށް ލިބުނު ކަރަންޓް ބިލު 3 ގުނަ ވެފައިވާތީ އެކަމުގެ ކަންބޮޑުވުން ޢާއްމު ރައްޔިތުން ދަނީ މީސްމީޑިއާގައި ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން