ދާޚިލީ ވުޒާރާގެ ކޯޓާ ދޫކުރުމާބެހޭ ވެރިޔާ މަސްއޫލިއްޔަތުން އެކަހެރިކޮށްފިއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީ ގަތުމެއްގައި ދާޚިލީ ސަލާމަތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، އެ ވުޒާރާގައި ކޯޓާ ދޫކުރުމުގެ މަސައްކަތް ކުރާ ޑިޕާޓްމަންޓުގެ އިސް ފަރާތް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ އެފަރާތް މަސްއޫލިއްޔަތުން އެކަހެރި ކޮށްފައިވަނީ ވުޒާރާގެ އެތެރޭގެ ކަންތައްތަކެއް ބަލަމުން ދާތީ ކަމަށާއި، އެގޮތުން ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރުމާގުޅޭ މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް އެކަހެރި ކޮށްފައިވާ ފަރާތުގެ މައްސަލައެއް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާކަމަށް އިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ކުންފުނިތަކުން އުސޫލުގެ ތެރެއިން ގެންނަ ބިދޭސީން މަގުމައްޗަށް ދޫކޮށްލުން ކަމަށާއި އެފަދަ މައްސަލަތައްވެސް ބަލަމުންދާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 11 އަހަރު ބިދޭސީ މަސައްކަތްތެރިން ގެނައުމަށް 523،755 ކޯޓާ ދޫކޮށްފައިވާ ކަމަށް އިޙްސާން ވިދާޅުވިއެވެ.

"ބައެއް ކުންފުނިތަކުން ފޭކް ޑޮކިއުމެންޓުތައް ލައިގެން އެކަން ހިންގާފަ އޮތީމަ މި މައްސަލަތައް ތަހުގީގުކޮށް ނިމެންދެން އޭނާ އެކަހެރިކޮށްފަ ހުރީ." އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުލޭ ބިދޭސީން ގާނޫނީ އޮނިގަނޑުގެ ތެރެއަށް ފެއްތުމަށް ސަރުކާރުން މިއަދު ވަނީ ޚާއްސަ ހަރަކާތެއް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން