އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ވީޓޯ ބާރު އުވާލަން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ކުރީގެ ރައީސް ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
މިދިޔަ ބުދަ ދުވަހު އދ.ގެ އާންމު މަޖިލީހުގެ 78ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ދެއްވި ތަޤުރީރަށް މަރުޙަބާ ވިދާޅުވަމުން ޤާސިމް މިއަދު ވިދާޅުވީ، އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ވީޓޯ ބާރު އުވާލަން ތާއީދު ކުރަށްވާ ކަމަށެވެ.
ޤާސިމް ވިދާޅުވީ މިނިސްޓަރުގެ ބަޔާނުގެ ސަބަބުން އދ.ގެ ސަލާމަތީ މަޖިލީހުގައި އެންމެ ގައުމެއްގެ ވީޓޯ ވޯޓުން ފަލަސްތީނުގެ ގަތުލްއާންމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެ މަޖިލީހުން ނުކުޅެދިފައިވާކަން ބައިނަލްއަޤުވާމީ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އޭގެ އިތުރުން ސަލާމަތީ މަޖިލީހުގެ ވީޓޯ ބާރު ލިބިގެންވާ ފަސް ގައުމުން މުޅި ދުނިޔޭގެ ހެވަށްވުރެ، އިސްކުރަނީ އަމިއްލަ މަސްލަހަތު ކަމަށާއި ޚާއްސަކޮށް އިސްރާއީލް ހިމާޔަތް ކުރަން ވީޓޯގެ ބާރު ބޭނުންކޮށް އިސްރާއީލްގެ ޢަމަލުތަކަށް ހިތްވަރު ދެމުންދާކަން ޤާސިމް ފާހަގަ ކުރެއްވިއެވެ.
"އިންސާފާއި ހަމަހަމަކަމާއި އެއްބައިވަންތަކަމާއި ސުލްހައަށް ޓަކައި، ރާއްޖެއިން ހުށަހެޅި ގޮތަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ވީޓޯ ބާރު އުވާލަން އަޅުގަނޑު ތާއިދުކުރަން" ގާސިމް ވިދާޅުވިއެވެ.
ހަމައެއާއެކު އދ.ގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ ވަގުތާއި ހާލަތާ ގުޅޭ ގޮތަށް، ވަރަށް ފުރިހަމައަށް ކަމަށާއި އެކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މުޅި ސަރުކާރަށް މަރުހަބާ ދަންނަވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
އދ.ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޢަލީ ހައިދަރު ވިދާޅުވީ، ސަލާމަތީ މަޖިލީހަށް ފަލަސްތީނުގެ ބިމުގައި ހިންގާ ލާއިންސާނީ ޖަރީމާތައް ނުފެންނަކަމަށް ހަދައިގެން ނުތިބެވޭނެ ކަމަށެވެ. އެގޮތުން އިޒްރޭލުގެ ރަޙުމްކުޑަ ހަމަލާތަކުގައި ވީރާނާވެފައިވާ އިމާރާތްތަކުގެ ދަށުން އާއިލާ ސަލާމަތްކުރަން ކުޑަކުދިން މަސައްކަތްކުރަމުންދާ މަންޒަރުތަކަކީ ކޮންމެ ދުވަހަކު ފެންނަމުންދާ ކަމެއް ކަމަށް ޑރ. ހައިދަރު ވިދާޅުވިއެވެ.
ނަމަވެސް ސަލާމަތީ މަޖިލީހުގެ ވީޓޯގެ އެއްވޯޓަކީ، ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން މީހުން މަގުތަކަށް ނުކުމެ ކުރަމުންދާ ސުލްހަވެރި އިހުތިޖާޖުގެ އަޑު ކަނޑުވާލުމަށްޓަކައި ހިންގި ފިނޑި ޢަމަލެއް ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ސަލާމަތީ މަޖިލީސް އަނެއްކާވެސް ފެއިލްވެފައިވާކަމަށް ހައިދަރު ވިދާޅުވިއެވެ.
ފަލަސްތީނަކީ އދ. ގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ދަރަޖަ އޮތް ގައުމެއް ނޫނެވެ. އދ. ގެ އޮބްޒާވަރެއްގެ ދަރަޖަ ފަލަސްތީނަށް ދީފައިވަނީ 2012 ވަނަ އަހަރު އެވެ. ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދިނުމުގެ މައްސަލަ އާންމު މަޖިލީހާ ހިސާބަށް ގެންދިއުމުގެ ކުރިން، މިދިޔަ މަހު އެމެރިކާއިން ވަނީ ސަލާމަތީ މަޖިލީހާ ހިސާބުން ވީޓޯ ބާރުގެ ބޭނުންކޮށްގެން އެކަން ހުއްޓުވައިފައެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ބާރު ލިބިގެންވާ ފަސް ގައުމަކީ އެމެރިކާ، އިނގިރޭސިވިލާތް، ރަޝިއާ، ފްރާންސް އަދި ޗައިނާއެވެ.

Warmest congratulations to Dr. Ali Haidar Ahmed, @h41d4r, the Minister of Housing, Land, and Urban Development of Maldives, on his compelling address during the 78th session of the United Nations General Assembly (UNGA78). His speech effectively put the spotlight on the United… pic.twitter.com/IvZg2GSMUm
— Qasim Ibrahim (@qasimibrahim) May 4, 2024
އދ.ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޢަލީ ހައިދަރު ވިދާޅުވީ، ސަލާމަތީ މަޖިލީހަށް ފަލަސްތީނުގެ ބިމުގައި ހިންގާ ލާއިންސާނީ ޖަރީމާތައް ނުފެންނަކަމަށް ހަދައިގެން ނުތިބެވޭނެ ކަމަށެވެ. އެގޮތުން އިޒްރޭލުގެ ރަޙުމްކުޑަ ހަމަލާތަކުގައި ވީރާނާވެފައިވާ އިމާރާތްތަކުގެ ދަށުން އާއިލާ ސަލާމަތްކުރަން ކުޑަކުދިން މަސައްކަތްކުރަމުންދާ މަންޒަރުތަކަކީ ކޮންމެ ދުވަހަކު ފެންނަމުންދާ ކަމެއް ކަމަށް ޑރ. ހައިދަރު ވިދާޅުވިއެވެ.
ނަމަވެސް ސަލާމަތީ މަޖިލީހުގެ ވީޓޯގެ އެއްވޯޓަކީ، ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން މީހުން މަގުތަކަށް ނުކުމެ ކުރަމުންދާ ސުލްހަވެރި އިހުތިޖާޖުގެ އަޑު ކަނޑުވާލުމަށްޓަކައި ހިންގި ފިނޑި ޢަމަލެއް ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ސަލާމަތީ މަޖިލީސް އަނެއްކާވެސް ފެއިލްވެފައިވާކަމަށް ހައިދަރު ވިދާޅުވިއެވެ.
ފަލަސްތީނަކީ އދ. ގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ދަރަޖަ އޮތް ގައުމެއް ނޫނެވެ. އދ. ގެ އޮބްޒާވަރެއްގެ ދަރަޖަ ފަލަސްތީނަށް ދީފައިވަނީ 2012 ވަނަ އަހަރު އެވެ. ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދިނުމުގެ މައްސަލަ އާންމު މަޖިލީހާ ހިސާބަށް ގެންދިއުމުގެ ކުރިން، މިދިޔަ މަހު އެމެރިކާއިން ވަނީ ސަލާމަތީ މަޖިލީހާ ހިސާބުން ވީޓޯ ބާރުގެ ބޭނުންކޮށްގެން އެކަން ހުއްޓުވައިފައެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ބާރު ލިބިގެންވާ ފަސް ގައުމަކީ އެމެރިކާ، އިނގިރޭސިވިލާތް، ރަޝިއާ، ފްރާންސް އަދި ޗައިނާއެވެ.
ކިޔުންތެރިންގެ ހިޔާލު