ބ އަތޮޅު ޑުސިޓް ތާނީ ރިސޯޓުގެ މޫދަށް ގެނބުނު ދިވެހި މުވައްޒަފަކު ސަލާމަތް ކޮށްދިނީ ފަތުރުވެރި ދެމަފިރިން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ އޭޕްރިލް 28 ވަނަ ދުވަހު ބ އަތޮޅު ޑުސިޓް ތާނީ ރިސޯޓުގައި ހިނގި މި ހާދިސާގައި ހަނީމޫނަށް އައިސް އުޅުނު ދެމަފިރިންގެ މަސައްކަތުން ގެނބެމުން ދިޔަ ދިވެހި އަންހެން މުވައްޒަފަކު ސަލާމަތް ކޮށްދީފައިވާ ކަމަށެވެ.

ދިވެހި މުވައްޒަފު މޫދަށް ވެއްޓިފައިވަނީ ރިސޯޓުގެ ވޯޓާ ވިލާ ޑެކްމަތިން ކަމަށް ބ. އަތޮޅު ފުލުހުން ވަނީ ބުނެފައެވެ. މި މަންޒަރު ފެނިފައިވަނީ އެ ރިސޯޓަށް ހަނީމޫނަށް ގޮސް އުޅުނު ދެމަފިރިއަކަށެވެ.

މި ދެމަފިރިން ވަނީ މަންޒަރު ފެނުމާއެކު އެ މުވައްޒަފު ސަލާމަތް ކުރުމަށް ވަގުތުން ހަރަކާތްތެރިވެފައެވެ. މިހާދިސާގައި ރިސޯޓުން ދެއްވި އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ރިސޯޓު މެނޭޖްމަންޓަށްވެސް ޝުކުރު އަދާކޮށްފައެވެ.

އަދި މީގެ އިތުރުން މި ޙާދިސާގައި މުވަޒަފު ސަލާމަތް ކުރި ދެފަތުރުވެރިން ކަމަށްވާ ޖޯޑަން ޑެނިއެލް ވޭން ޑައި އަދި ޑެނިއެލް ޑި ބްރޫއިން ދެއްކި ނަމޫނާ ފާހަގަކޮށް ފުލުހުން ވަނީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ދެމަފިރިންނަށް ހަނދާނީ ފިލައެއްވެސް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން