މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ގޮނޑި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުޙައްމަދު އާޡިމް ޢަލީ ކާމިޔާބު ކުރަށްވައިފިއެވެ.

މި އިންތިޚާބު ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ކާމިޔާބު ކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުގެ މައްޗަށް ކުރި ހޯއްދެވުމަށްފަހުއެވެ.

މި އިންތިޚާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުޙައްމަދު އާޡިމް ޢަލީ 194 ވޯޓު ހޯއްދަވާފައިވާއިރު ޕީއެންސީގެ ކެންޑިޑޭޓު ޢަބްދުالله ޢަލީ އަށް ލިބިވަޑައިގެންނެވީ 144 ވޯޓެވެ.

ވޭތުވެދިޔަ 13 އަހަރު އާޡިމް ވަނީ މ. މަޑުއްވަރީ ކައުންސިލް އިދާރާގައި މަސައްކަތް ކުރަށްވާފައެވެ.

މިއަދުގެ އިންތިޚާބު އާޡިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން ޑިމޮކްރެޓްސްގެ ލީޑަރ ރައީސް މުޙައްމަދު ނަޝީދު ވަނީ އާޡިމަށް މަރުޙަބާ ވިދާޅުވެފައެވެ. މިއީ ޑިމޮކްރެޓްސް އުފެދުމަށްފަހު އެ ޕާޓީއެއް ސިޔާސީ ގޮނޑިއެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.



އީސީން ބުނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އާއި، ހއ. އުތީމު، ނ. ލަންދޫ އަދި ނ. ވެލިދޫ ކައުންސިލްގެ މެންބަރު ކަމަށާއި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ކުރިއަށްގެންދާ ބައި-އިލެކްޝަނުގެ ވޯޓުލުން މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން