ރައްޔިތުންގެ ވޯޓުން މަޖިލީހުގެ މެންބަރުން ވަކިކުރުމަށް ރިކޯލް ވޯޓު ނެގުމަށް ޤާނޫނުއަސާސީ އިސްލާޙު ކުރަން ޑިމޮކްރެޓުން ހުށައެޅި އިސްލާޙް އަނބުރާ ގެންގޮސްފިއެވެ.
ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ހުށައެޅުއްވި އިސްލާޙުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެންބަރުކަމުން ވަކިވާނެ ފަސް ހާލަތެއް ކަނޑައަޅާފައެވެ.
ޙަސަންގެ އިސްލާޙް އަނބުރާ ގެންގޮސްފައިވާކަން އިޢުލާނު ކުރެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ.
ޙަސަންގެ އިސްލާޙުގެ އިތުރުން މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ގާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހަކާއި އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ހޯދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހަޅާފައިވާ އިސްލާޙުވެސް ވަނީ އަނބުރާ ގެންދަވާފައެވެ.
ޤާނޫނުއަސާސީއަށް ޙަސަން ހުށައެޅުއްވި އިސްލާޙުގައި މެންބަރެއްގެ ގޮނޑި ގެއްލޭނެ ފުރަތަމަ ޙާލަތަކީ މެންބަރަކު އިންތިހާބުވި ޕާޓީން އަމިއްލަ އިސްނެގުމުގެ މަތިން ވަކިވުން ނުވަތަ ޕާޓީ ބަދަލުކުރުމެވެ. އަދި ދެވަނަ ޙާލަތަކީ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ޕާޓީއަކާ ގުޅުމެވެ.
ތިންވަނަ ޙާލަތެއްގެ ގޮތުގައި ޙަސަނުގެ އިސްލާޙުގައިވަނީ ޕާޓީގެ ނިންމުމަކާ ހިލާފަށް މަޖިލީހުގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް މެންބަރަކު ޕާޓީން ވަކިކުރުމެވެ.
ހަތަރުވަނަ ޙާލަތަކީ މަޖިލީހުގައި ދޭ ވޯޓަކާ ގުޅިގެން ނޫން ހާލަތެއްގައި ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ، އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ މެންބަރުކަމުން ވަކި ކުރަން ނިންމުމެވެ.
އަދި ފަސްވަނަ ޙާލަތަކީ މެންބަރަކު ވަކިކުރަން ދާއިރާގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅާ ހާލަތުގައި، ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރަން ނިންމުމެވެ.
ޙަސަން ޤާނޫނު އަސާސީއަށް ހުށައެޅުއްވި އިސްލާޙުތައް އަނބުރާ ގެންދަވާފައިވާއިރު ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައި ވަނީ މަޖިލީހުގެ މެންބަރެއްގެ މަގާމު ގެއްލޭނެ ހާލަތްތަކެވެ. ނަމަވެސް ރައްޔިތުން ބޭނުންވެގެން މެންބަރުން މަޤާމުން ވަކިކުރެވޭނެގޮތެއް ޤާނޫނު އަސާސީގައި ކަނޑައަޅާފައެއް ނުވެއެވެ.
ޤާނޫނު އަސާސީގައި މިހާރު މެންބަރުކަން ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވަނީ ސާބިތު ދަރަންޏެއް އޮވެ ގަވައިދުން ދަރަނި ދައްކަމުން ނުދިޔުމާއި 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖިނާއީ ކުށެއްގެ އަދަބު ސާބިތުވުމެވެ.
ރިކޯލް ވޯޓު ނެގޭނެގޮތް ޤާނޫނުއަސާސީގައި ހިމެނުމަށް ޑިމޮކްރެޓުން ހުށައެޅި އިސްލާޙް އަނބުރާ ގެންގޮސްފައި ވާއިރު ޕާޓީ ބަދަލު ކުރުމުން އިންތިޚާބީ މަޤާމުތައް ގެއްލޭ "އެންޓި-ޑިފެކްޝަން ބިލު" މަޖިލީހުގެ މެންބަރުންނާއި، ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށްވެސް ތަންފީޒު ކުރެވޭ ގޮތަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު