ޤާނޫނު އަސާސީގެ އަސްލު ބެލެނިވެރިންނަކީ ދިވެހި ރައްޔިތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ އަށް 12 އަހަރު ފުރުން ފާހަގަކުރައްވައި އިންތި ކުރެއްވި ޓްވީޓެއްގައި ޤާނޫނުއަސާސީގެ އަސްލު ބެލެނިވެރިން ކަމުގައިވާ ދިވެހި ރައްޔިތުންނަށް ތަޙްނިޔާ އަރިސްކުރައްވާފައި ވެއެވެ.
މީގެ އިތުރުން މިއަދު އެންމެ ހިތްހަމަޖެހުން ލިބޭ އެއްކަމަކީ، ޤާނޫނުއަސާސީގެ ބެލެނިވެރި ފަރާތަކީ ތިމަންނަމެންނޭ ބުނެ ދައުވާކުރާ ބަޔަކު ނެތް ސްޕްރީމް ކޯޓެއް އޮތުން ކަމުގައި އިންތި ވަނީ ވިދާޅުވެފައެވެ.
"މިއަދު އެންމެ ހިތްހަމަޖެހުން ލިބޭ އެއްކަމަކީ، ޤާނޫނުއަސާސީގެ ބެލެނިވެރި ފަރާތަކީ ތިމަންނަމެންނޭ ބުނެ ދައުވާކުރާ ބަޔަކު ނެތް ސްޕްރީމް ކޯޓެއް އެކުލަވާލެވިފައިވާކަން. 12 އަހަރު ފުރޭހިނދު، ޤާނޫނުއަސާސީގެ އަސްލު ބެލެނިވެރިންކަމުގައިވާ ދިވެހި ރައްޔިތުންނަށް ތަޙްނިޔާ އަރިސްކުރަން" އިންތި ވިދާޅުވިއެވެ.
2008 ވަނަ އަހަރުގެ އޮގަސްޓަ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 10:32 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ތަސްދީޤް ކުރެއްވިި ޤާނޫނު އަސާސީއަކީ ގިނަ ރައްޔިތުންތަކެއްގެ މަސައްކަތުން ރާއްޖޭގައި އުފެދުނު އިސްލާޙީ ޙަރަކާތުގެ ޕްރެޝަރުގައި 19 ޖުލައި 2004 ގައި އެކުލަވާލުމުގެ މަސައްކަތް ފެށި ޤާނޫނު އަސާސީއެކެވެ.
މި ޤާނޫނު އަސާސީ ރައްޔިތުންގެ ޚާއްޞަ މަޖިލިހުން ފާސްކުރައްވާފައިވަނީ 26 ޖޫން 2008 ގައެވެ. ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވަނީ 30 ޖޫން 2008 ގައެވެ.
މިހާރު އަމަލުކުރަމުން އަންނަ "ފެހި ގާނޫނުއަސާސީ" ގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމިގެންދިޔައެވެ. އެފަހަަރު ރައީސް މައުމޫނާ ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދަކީ ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތައް ވާދަކުރާ ގޮތަށް އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރާއްޖޭގައި ޑިމޮކްރެސީގެ ވެރިކަމުގެ ނިޒާމުގެ ފުރަތަމަ ރައީސެވެ.

ކިޔުންތެރިންގެ ހިޔާލު