ދިވެހީންދާނީ ޑރ. މުޢިއްޒުގެ ދުވެލީގައި ހަލުވިކޮށް ގައުމައިގެން ކުރިޔަށް ކަމަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިއަދު ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ބަޔަކު ފަތުރަމުންދިޔަ ކަމަށެވެ.
ނަމަވެސް އެ މަނިކުފާނަށް ރައްޔިތުންގެ ފުރިހަމަ ތާއީދާއި އިތުބާރު އޮތްކަން ނިމިދިޔަ މަޖިލިސް އިންތިހާބުގައި ދިވެހީން ނުކުމެ ސާބިތުކޮށްދީފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެކަން ބަލައި ނުގަނެވިގެން އެ މަނިކުފާނުގެ ޓީމު ރޫޅާލުމަށް އިތުރަށް ދޮގު ހަބަރުތައް ފަތުރަމުންދާ ކަމަށްވެސް އަބްދުއް ރަހީމް ވިދާޅުވިއެވެ.
"އެފަދަ ހަބަރުތައް ފަތުރާ ފަރާތްތައް ފަޟީހަތްވުން ނޫން އިތުރުކަމެއް ހާސިލެއް ނުވާނެ. ރައީސް ޑރ. މުއިއްޒާއެކު ޓީމު އޮތީ ބަދަހިކޮށް. ދިވެހީން ދާނީ މުއިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށް." އަބްދުއް ރަހީމް ވިދާޅުވެފައި ވެއެވެ.
އަދުރޭ މިބީދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީޙް ޖަމާލް ވަނީ މި ސަރުކާރުގެ އިސް މަޤާމުތަކަށް ފެންވަރެއްނެތް މީހުން އިސްކުރާކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީއަށް ދިނުމަށް ރައްޔިތުން ވަނީ ނިންމާފައެވެ.

ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ޙަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން ދަނިކޮށް އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް…
— Abdul Raheem Abdulla (@Banafsaa) May 11, 2024
އަދުރޭ މިބީދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީޙް ޖަމާލް ވަނީ މި ސަރުކާރުގެ އިސް މަޤާމުތަކަށް ފެންވަރެއްނެތް މީހުން އިސްކުރާކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީއަށް ދިނުމަށް ރައްޔިތުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު