ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމަށް ހޯޕް އައިލެންޑެއް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އިޙްސާން ވިދާޅުވީ ދިވެހިރާއްޖޭގައި ކުށުގެ ވެށީގައި ޙަރަކާތްތެރިވާ ކުޑަކުދިންނަކީ މުޖުތަމަޢަށް ފައިދާ ކުރަނިވި ބަޔަކަށް ހެދުމުގެ ގޮތުން އެކުދިން ރިހެބިލިޓޭޓް ކުރުމަށް ހޯޕް އައިލެންޑް ގެ ނަމުގައި ޚާއްސަ ރަށެއް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށް ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން، ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭގެ އިތުރުން ހޯޕް އައިލެންޑަކަށް ކުދިން ގެންގޮސް ރިހިބިލިޓޭޓް ކުރުމަކީ ކުޑަކުދިން ޖަލަށްލުމަށް ކުރެވޭ ކަމެއް ނޫންކަމަށާއި މި ޕްރޮގްރާމްގެ މަޤްސަދަކީ ކުށުގެ ވެއްޓަށް ހުށައެޅޭ ކުޑަކުދިންނަށް ރަނގަޅު ތަރުބިއްޔަތެއްދީ އެކުދިން ކުށުގެ ވެށްޓާއި ދުރު ކުރުވުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“އުމުރުފުރާ ތިރިކުރުމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ރިހެބިލިޓޭޝަން ހިންގުމުގެ ގާނޫނީ ބާރު އަޅުގަނޑުމެންނަށް އެބަ ލިބިގެންދޭ.” އިހްސާން ވިދާޅޫވިއެވެ.
ވަޒީރު މިއަދު އިތުރަށް ވިދާޅުވީ ކުޑަކުދިންނަށް ރިހެބިލިޓޭޝަން ދިނުމަށްޓަކައި ވަކިން ޚާއްސަ ރަށެއް ކަނޑައަޅައި އެ ރަށުގައި ދީނީ ތައުމީމުގެ އިތުރުން ކުޅިވަރުތަކާއި އެހެނިހެން ހުނަރުތައް ދަސްކޮށްދީ އެކުދިންނަކީ މުޖުތަމަޢަށް ބޭނުންތެރި ކުދިންތަކަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު