މިއަހަރުގެ ފުރަތަމަ ކުއާޓާގައި އާސަންދައަށް ކުރި ހޭދަ 838 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.
އާސަންދަ ކުންފުނިން ޢާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ 3 މަސްދުވަހު ޖުމްލަ 838 މިލިއން ރުފިޔާ ވަނީ އާސަންދަ ސްކީމަށް ހަރަދުކޮށްފައެވެ. އެއީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު، 4.8 ޕަސެންޓުގެ އިތުރުވުމެކެވެ.
މިއަހަރު އާސަންދައިން ޚިދުމަތް ހޯދި މީހުންގެ ޢަދަދު 276،439 އަށް އަރާފައިވާއިރު އާސަންދަ ސްކީމްގެ ދަށުން 1،599 ފަހަރަށް ބަލި މީހުން އިމަރޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ވަނީ ގެންގޮސްފައެވެ. އަދި ފަރުވާއަށް ރާއްޖެއިން ބޭރަށް 1،691 ބަލިމީހުން ވަނީ ފޮނުވާފައެވެ.
އާސަންދައިން ބުނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އާސަންދަ ސްކީމުގެ ދަށުން ކުރި ޖުމުލަ ހަރަދަކީ 799 މިލިއަން ރުފިޔާ ކަމަށެވެ. އަދި ފާއިތުވީ އަހަރު މިމުއްދަތުގައި އާސަންދައިން ހިދުމަތް ހޯދާފައިވަނީ 273،434 މީހުންނެވެ.
މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވެސް އާސަންދައަށް 1.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

Aasandha Scheme Statistics 2024: Quarter 1
— Aasandha Company Ltd (@AasandhaLtd) May 12, 2024
For more details: https://t.co/S2pV0bydYc pic.twitter.com/eeRmElY1jc
އާސަންދައިން ބުނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އާސަންދަ ސްކީމުގެ ދަށުން ކުރި ޖުމުލަ ހަރަދަކީ 799 މިލިއަން ރުފިޔާ ކަމަށެވެ. އަދި ފާއިތުވީ އަހަރު މިމުއްދަތުގައި އާސަންދައިން ހިދުމަތް ހޯދާފައިވަނީ 273،434 މީހުންނެވެ.
މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވެސް އާސަންދައަށް 1.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ހިޔާލު