ފަތުރުވެރިން ރާއްޖެ އައުމުގެ ކުރިން ވިސާ ދޭން ގޮވާލާ ގަރާރެއް މަޖިލީހަށް ހުށައަޅައިފިއެވެ.
މިއަދު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އަށް މި ޤަރާރު ހުށައެޅުއްވީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް އެވެ.
ހައިތަމް ހުށައެޅުއްވި ޤަރާރުގައި ބުނެފައިވަނީ ފާއިތުވި ފަސް އަހަރު 9،940 މީހަކު އެކި ސަބަބުތަކާހުރެ ރާއްޖޭގެ އިމިގްރޭޝަނުން ވިސާ ނުލިބި އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
އަދި އެކަންކަން ހައްލުކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް ހާއްސަކޮށް މި ވަގުތު ހަމަޖެހިފައިނުވާ "ޓޫރިސްޓް ޕްރީ އެޕްރޫވްޑް ވިސާ އޮން އެރައިވަލް" ނޫނީ "އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން" ގެ ހިދުމަތް ތައާރަފުކޮށް އެ ހިދުމަތް ފުޅާކުރުމަށް ހައިތަމް ވަނީ ގޮވާލާފައެވެ.
ހައިތަމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ރާއްޖެ އެތެރެވުމަށް ވިސާ ބޭނުންވާ 9.5 މިލިއަން މީހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް ފަސޭހަކަމާއެކު ވިސާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން މުހިންމު ކަމަށް ޤަރާރުގައިވެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވިސާ ހޯދެން އޮތް ހަމައެކަނި ގޮތަކީ "އޮން އެރައިވަލް ވިސާ" ކަމަށާއި ފަތުރުވެރިން ރާއްޖެ އައުމަށްފަހު އޮން އެރައިވަލް ވިސާ ހޯދުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭކަމަށްވެސް ހައިތަމް ވިދާޅުވިއެވެ.
ހައިތަމްގެ ޤަރާރުގައި އިތުރަށް ބުނެފައިވަނީ ރާއްޖެއަށް "އޮން އެރައިވަލް ވިސާ" ގައި އެތެރެވުމަށް އަންނަ ބައެއް މީހުންނަށް އެކި ސަބަބުތަކާ ހުރެ ވިސާ ނުލިބި އަނބުރާ ދާންޖެހޭ ހާލަތްތައް މެދުވެރިވުމުގެ ސަބަބުން އެ މީހުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާތީ އެކަމަށް އަވަސް ޙައްލެއް ހޯދުމަށް ގޮވާލާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު