މިއަހަރު މިހާތަނަށް ރާއްޖެއަށް އަށްލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މެއި 11 ގެ ނިޔަލަށް މުޅި ޖުމްލަ 822723 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 735374 ފަތުރުވެރިންނާއި އަޅާ ބަލާއިރު 11.9 އިންސައްތަ އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6233 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަަކުރެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ. ދެވަނައިގައި ރަޝިޔާ އޮތްއިރު، ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.
އިންޑިއާ މިހާރު އޮތީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓުގެ 6 ވަނައިގައެވެ.
ސަރުކާރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން މި އަހަރު ރާއްޖެ ގެނައުމެވެ.
މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1878543 ފަތުރުވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު