ބަޖެޓް ސަޕޯޓަށް އިންޑިއާއިން ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރު ދެއްކުން އަހަރަކަށް ފަސްކޮށްދީފިއެވެ.

ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 13 މެއި 2024 އިން ފެށިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އިތުރު އަހަރަކަށް 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ރޯލްއޯވާއެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަދި މިއީ ދާދިފަހުން ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޑރ އެސް ޖޭޝަންކަރާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައިވެއެވެ.

2019 ވަނަ އަހަރު ސަރުކާރުން ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފަ އެވެ.

އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ އިންޑިއާގެ ހިލޭ އެހީ އެވެ. އަދި ބާކީ 150 މިލިއަން ޑޮލަރު 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގައި ވިއްކާފައިވާއިރު މިދިޔަ ޖެނުއަރީ މަހު ސަރުކާރުން ވަނީ 50 މިލިއަން ޑޮލަރުގެ އެއް ޓީބިލް އަނބުރާ ދައްކާފައެވެ.

އަދި ބާކީ ނުދައްކާ އޮތް 100 މިލިއަން ޑޮލަރުގެ ތެރެއިން ދެވަނަ ޓީބިލް ދައްކަން ޖެހެނީ މި މަހުގެ ތެރޭގަ އެވެ. އޭގެ އިތުރުން ތިންވަނަ ޓީބިލް ދައްކަން ޖެހެނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޚާރިޖީ ވުޒާރާއިން ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުންދާ ދީލަތި އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ހެޔޮަަ

15-Jun-2024

ސާބަހޭ ޑރ.މޫސާ ރަމީޒް ރަނގަޅުވާނެ إن شاء الله. ަެދޭ



ޓްރެންޑިން