ފަލަސްތީނުގެ ރަފަހަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލައި، ބައިނަލްއަގްވާމީ ގާނޫނަށް އިޒްރޭލުން އަމަލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވުމުން ފަލަސްތީނުން ޝުކުރު އަދާކޮށްފިއެވެ.

އެގޮތުން ފަލަސްތީނު ސަރުކާރުން ވަނީ ރައީސް މުއިއްޒުގެ އިޚްލާސްތެރި ބަސްކޮޅަށްޓަކައި ފަލަސްތީނުގެ ރައްޔިތުންގެ ފަރާތުން ދިވެހިންނަށް ޝުކުރު އަދާކުރާކަމަށް ބުނެފައެވެ. އަދި ފަލަސްތީނާއިއެކު ރާއްޖޭން ބާއްވާ ގުޅުން ޢަމަލީސިފައެއްގައި ދައްކަމުންދާކަން ފަލަސްތީނު ސަރުކާރުން ވަނީ ފާހަަގަކޮށްފަ އެވެ.



ފަލަސްތީނު މައްސަލާގައި ރައީސް މުޢިއްޒު އިއްޔެ ވިދާޅުވީ އިޒްރޭލުން ޣާޒާއަށް ދެމުން ގެންދާ ހަމަލާތައް ބެލުމަށް ބައިނަލްއަގުވާމީ މުޖުތަމައު ނޯންނާނެ ކަމަށެވެ. ހަމައެއާއެކު މި ވަގުތަކީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް ވެސް ރައީސް ވިދާޅުވެފައެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު އދ ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް މިދިޔަ ހުކުރު ދުވަހު އދ ގެ ޢާއްމު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އދ. ގެ އެ ނިންމުމާ ގުޅިގެން ރައީސް ވިދާޅުވެފައި ވަނީ މިނިވަންކަން ހޯދުމަށް ފަލަސްތީނުން މަސައްކަތް ކުރަމުން އަންނަތާ އެތައް ޒަމާނެއް ވެއްޖެ ކަމަށާއި، އދ.އިން ފާސްކުރި ގަރާރަކީ އެ ހިތްވަރަށް ލިބުނު ތާރީހީ ކާމިޔާބެއް ކަމަށް ރައީސް ސިފަ ކުރެއްވިއެވެ.

ފަލަސްތީނަކީ އދ. ގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ދަރަޖަ އޮތް ގައުމެއް ނޫނެވެ. އދ. ގެ އޮބްޒާވަރެއްގެ ދަރަޖަ ފަލަސްތީނަށް ދީފައިވަނީ 2012 ވަނަ އަހަރު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން