އޭސީސީގެ ރައީސް
އޭސީސީގެ ރައީސް
މިދިޔަ އަހަރު އަނބުރާ ހޯދަން ދަޢުލަތުގެ އިދާރާތަކަށް އެންގި 50 މިލިއަން ރުފިޔާގެ ތެރެއިން ހޯދިފައިވަނީ ދެލައްކަ ރުފިޔާ ކަމަށް އޭސީސީން ހާމަކޮށްފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވަނީ އޭސީސީން މިދިޔަ އަހަރު ދަޢުލަތުގެ އިދާރާތަކަށް އަނބުރާ ހޯދުމަށް އެންގި 50،370،521 ރުފިޔާގެ ތެރެއިން، ހޯދުނީ 234,531 ރުފިޔާ ކަމަށެވެ.

އެ ކޮމިޝަނަށް މިދިޔަ އަހަރު 1،151 މައްސަލަ ހުށަހެޅި ނަމަވެސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައި ވަނީ 650 މައްސަލައެެވެ.

އޭސީސީއަށް މިދިޔަ އަހަރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ދައުލަތުގެ ކުންފުނިތަކާއި ގުޅޭ މައްސަލައެކެވެ. އެގޮތުން ކުންފުނިތަކާއި ގުޅޭ 209 މައްސަލައެއް މިދިޔަ އަހަރު އޭސީސީއަށް ހުށަހަޅާފައިވެއެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން 50،345،542 ރުފިޔާ ހޯދަން އެންގިއިރު، އަނބުރާ ހޯދުނީ 181،352 ރުފިޔާއެވެ. އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން 29،120 ރުފިޔާ ހޯދާފައިވެއެވެ. އަދި ރަށު ކައުންސިލްތަކުން 13،559 ރުފިޔާ ހޯދާފައިވާއިރު، ސިޓީ ކައުންސިލްތަކުން 10،500 ރުފިޔާ ވަނީ ހޯދާފައެވެ.

15 މައްސަލައަކާ ގުޅިގެން ދައުލަތަށް އަނބުރާ ލިބެންޖެހޭ 74.2 މިލިއަން ރުފިޔާ މިއަހަރު ހޯދުމަށް އޭސީސީން ނިންމާފައިވެއެވެ. މީގެތެރެއިން 50.3 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އިދާރާތަކުގައި އެދިފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން