އާސަންދައިގެ ދަށުން އައިވީއެފް ހަދަން އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އާސަންދައިގެ ދަށުން ދަރިމައިވުމުގެ ފަރުވާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނީ ދަރިމައިވުމަށްޓަކައި ހޯދާ “އައިވީއެފް” ގެ ފަރުވާ އަމިއްލަ ޚަރަދުގައި ކުރަން ދަތިވާ މީހުން ދައުލަތުގެ އެހީއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 31ގެ 14:00ގެ ނިޔަލަށް ކަމަށެވެ.
ކުރިން އޮތް ގޮތުންނަމަ އައިވީއެފްގެ ފަރުވާއަށް އެދި ފޯމު ހުށަހެޅުމަށް މިދިޔަ މާޗު މަހުގެ 15 ގައި ހުޅުވާލި ފުރުސަތު މިއަދަށް ހަމަވާނެއެވެ.
އެންސްޕާއިން ބުނީ، ކުރިން ހުޅުވާލި ފުރުސަތުގައި މިއަދުގެ ނިޔަލަށް ފޯމާއި ލިޔެކިޔުންތައް ފުރިހަމަކޮށް، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް އެހީ ހަމަޖައްސާދެވޭނެ ކަމަށެވެ.
އާސަންދައިން ބުނީ "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށްކަމަށެވެ. އަދި މިހިދުމަތް ފޯރުކޮށްދޭނީ އާސަންދަ ސްކީމް މެދުވެރިކޮށް "އައި.ވީ.އެފް"ގެ ފަރުވާ ރާއްޖޭގައި ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން މި ހިދުމަތް ދޭ މަރުކަޒުތައް މެދުވެރިކޮށްކަމަށް އާސަންދައިން މަޢޫލޫމާތުދެއެވެ..
އައިވީއެފް އަދި އައިޔޫއެފްގެ ފަރުވާ އާސަންދަ ސްކީމްގެ ދަށުން ލިބޭނެ އުސޫލުގައިވާ ގޮތުން ފަރުވާއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރު ވާން ޖެހޭއިރު ގުދުރަތީގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ފަދަ ސިއްހީ ސަބަބެއް މެދުވެރިވުން ނުވަތަ ސަބަބު ދެނެނުގަނެވި، ދަރިމައިވުމަށް ފާއިތުވި ތިން އަހަރު ނުކުޅެދިފައި ވާން ޖެހޭނެއެވެ.
އަދި އައިޔޫއެފް ހަދާނަމަ އަންހެން މީހާގެ އުމުރުން 25 އަހަރާއި 41 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހޭއިރު ފިރިމީހާއަށް 55 އަހަރު ފުރިގެން ނުވާނެކަމަށް އުސޫލުގައި ވެއެވެ. އަދި އައިވީއެފް ފަރުވާ ނަގާނަމަ އަންހެން މީހާގެ އުމުރުން 30 އަހަރާއި 41 އަހަރާ ދެމެދުގެ މީހަކަށް ވުމާއި ފިރިމީހާއަށް 55 އަހަރު ފުރިގެން ނުވާނެކަން ވެސް އުސޫލުގައި ވެއެވެ.
ހަމަ އެހެންމެ ފަރުވާއަށް އެދޭއިރު އަންހެން މީހާގެ ބޮޑީމާސް އިންޑެކްސް 19-30 ގައި ހުންނަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.
ފަަހަކަށް އައިސް ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އަދި މިއީ ގިނަ ބަޔަކު ފަރުވާ ހޯދަން ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ ވެސް ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު