ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފް ފަރުވާ ހޯދައި ފުރަތަމަ ކުއްޖާ އުފަންވެއްޖެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީއޯއޯ އާދިލް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު އެންމެ ފުރަތަމަ ވިހެއީ މީގެ ކުރިން ހަތަރު ފަހަރަށް އައިވީއެފް ހެދި 36 އަހަރުގެ އަންހެނެއް ކަމަށެވެ. އެދެމައިންގެ ހާލު ރަނގަޅު ކަމަށް ވެސް ޓްރީޓޮޕް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އާދިލް ވިދާޅުވީ އެހޮސްޕިޓަލްގައި އައިވީއެފްގެ ފަރުވާ ހޯދައި ދެ ވަނަ ދަރިފުޅު އުފަންވެފައިވަނީ އިއްޔެ ކަމަށެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފްގެ ބުރަކަށް ކަނޑައަޅާފައިވަނީ 46،000 ރުފިޔާއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި މިދިޔަ އަހަރުގެ މެއި މަހު ހުޅުވި ފާޓިލިޓީ ސެންޓަރުގެ ފުރަތަމަ ބެޗުގައި 16 މީހުން އައިވީއެފް ހަދާފައިވާއިރު އޭގެ ތެރެއިން އެމްބްރިޔޮ ޓްރާންސްފާ ހެދި 10 މީހުންގެ ތެރެއިން ހަ މީހުން ބަނޑުބޮޑުވެފައިވެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި އައިވީއެފް ހަދައި ފުރަތަމަ ކުއްޖާ އުފަންވެފައިވާއިރު އައިވީއެފްގެ ފަރުވާ އަމިއްލަ ޚަރަދުގައި ކުރަން ދަތިވާ މީހުން އާސަންދައިގެ ދަށުން ދައުލަތުގެ އެހީއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ ޖުލައި މަހުގެ 31ގެ 14:00ގެ ނިޔަލަށް މިހާރުވަނީ އިތުރުކޮށްފައެވެ.

ފަަހަކަށް އައިސް ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އަދި މިއީ ގިނަ ބަޔަކު ފަރުވާ ހޯދަން ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ ވެސް ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން