ކުރެއްދޫގައި ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ
ކުރެއްދޫގައި ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ
ރޭ ފަތިހުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ފާދިއްޕޮޅު ކުރެންދޫގައި ފެންބޮޑުވެ، 20 ގެއަކަށް ފެން ވަދެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، ރޭ ފަތިހުއްސުރެ ވެހެމުންދާ ވާރޭގައި ޅ. ކުރެންދޫގެ ބައެއް ސަރަޙައްދު ތަކުގައި ފެންބޮޑުވުމާއި ގުޅިގެން، ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އެގޮތުން މި ވިއްސާރައިގައި 20 ގެޔަކަށް ފެން ވަދެފައިވާކަމަށާއި، މިކަމާއި ގުޅޭ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހެނދުނު 09:30 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.



އެމްއެންޑީއެފުން ބުނީ ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ އާއި ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ މޫސުން ގޯސް ދުވަސް ވަރެކެވެ. އެގޮތުން އެކި ރަށްރަށުގައި ދަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެ ގެއްލުންތައް ލިބެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން