ފ. ނިލަންދޫ އާއި، ގދ ފިޔޯރީގައި މަސް ޕްރޮސެސްކުރާ ކާރުޚާނާތައް ޤާއިމް ކުރަށްވާނެ ކަމަށް މަސްވެރިކަމާއި، ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެކްޒިބިޓާސްގެ އިފްތިތާހީ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ގަނޑުކުރި ތާޒާ ކަޅުބިލަމަސް އެކްސްޕޯޓްކުރާ މިންވަރު ދަށްކޮށް، ރާއްޖޭގައި އެ މަސް ޕްރޮސެސްކޮށްގެން ނުވަތަ ވެލިއު-އެޑްކޮށްގެން އެކްސްޕޯޓް ކުރުން ކަމަށެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުގެ މިއަމާޒަށް ވާސިލުވުމަށްޓަކައި ފ. ނިލަންދޫއާއި، ގދ ފިޔޯރީގައި މަސް ކާރުޚާނާތައް ގާއިމު ކުރުމަކީ މިސަރުކާރުން ކުރާނެ މަސައްކަތެއް ކަމަށެވެ.
ސަރުކާރުން ކުރިޔަށް އޮތް ފަސްއަހަރަށް މަސްވެރިކަމުގެ ދާއިރާއަށް ގެންގުޅޭ ތަސައްވަރު ހިއްސާކުރަށްވަމުން ވަޒީރު އިތުރަށް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ސަރުކާރުން ޕްލޭންތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވަޒީރު ވިދާޅުވި އެވެ.
ހަމައެއާއެކު ރާއްޖޭގައި އުފައްދާ މަހުގެ ބާއްވަތްތަކަކީ ތިމާވެއްޓާއި ރައްޓެހި ވަސީލަތްތަކުން އުފެއްދޭ އުފެއްދުންތަކަކަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމަށާއި، އަމާޒަކީ ރާއްޖޭގެ މަސް ޕްރޮސެސްކުރާ ކާރުޚާނާތަކުގައި ބޭނުންކުރާ ހަކަތައިގެ 35 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތަކަން ކަށަވަރުކުރުންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެކްޒިބިޓާސް ކުރިއަށްދަނީ މިއަދުން ފެށިގެން މިމަހުގެ 23 ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު