ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށްް އިންޑިއާއިން 40 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.

ކުޅިވަރާއި، ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން މިއަދު ބުނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢުތަކަށް ކޮންސަލްޓެންސީ ފޯރުކޮށްދިނުމަށްޓައި ކޮލާޖް ޑިޒައިން ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ.

އެވުޒާރާއިން އިތުރަށް ބުނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް އިންޑިއަން އެގްޒިމް ބޭންކުން 40 މިލިއަން ޑޮލަރުގެ ލޯން ދޭން ނިންމާފައިވާކަމަށެވެ.



އިންޑިއާގެ މި ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ މަޝްރޫޢުތަކުގެ ތަފްސީލެއް މިހާތަނަށް ކުޅިވަރާއި، ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއަން އެގްޒިމް ބޭންކުން 40 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ރާއްޖެއަށް ދީފައިވާއިރު، ކުރީގެ ރައީސް ސާލިހްގެ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ނެގި 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑުން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އިތުރު އެއް އަހަރަށް ފަސްކޮށްދިނުމަށް އިންޑިއާ އިން ދާދިފަހުން ވަނީ ނިންމާފައެވެ.

އިންޑިއާ އިން އެގޮތަށް ނިންމީ ރައީސް ޑރ. މުހައްމަދުގެ ސަރުކާރުން ރަސްމީކޮށް އެކަމަށް އެންޑިއާގެ ކިބައިން އެދުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން