ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް
އީރާނުގެ ރައީސް އަވަހާރަވުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އިރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގައި އެމަނިކުފާނު އަވަހާރަވެފައިވާކަން އީރާންގެ ރަސްމީ މިޑިއާއިން ކަށަވަރު ކޮށްދީފައިވަނީ މިއަދު ހެނދުނުއެވެ.

އެކަމާ ގުޅިގެން ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ޤާސިމް ވިދާޅުވީ، މި ހިތާމަވެރި ހާދިސާގައި ރައީސް އިބްރާހިމް ރައިސީއާއި ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله އާއި އީރާނުގެ ސަރުކާރުގެ އެހެން އޮފިޝަލުން އަވަހާރަވެފައިވާތީ، އީރާނުގެ އަޚުވަންތަ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވާ ކަމަށެވެ.

ގާސިމް ވިދާޅުވީ ހިތާމައިގެ މި ވަގުތުގައި އެމަނިކުފާނުގެ އިޚްލާސްތެރި ފިކުރުތަކާއި ދުއާތައް ވަނީ އެ ބޭފުޅުންގެ އާއިލާތަކާއި، އީރާނުގެ ރައްޔިތުންނާއެކު ކަމަށެވެ.

އީރާންގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރ ރެސްކިއު ޓީމުން މިހާރު ހޯދާފައިވާއިރު މިހާދިސާގައި ހެލިކޮޕްޓަރު ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ރެސްކިއުޓީމުން އާންމުކޮށްފައިވާ ފޮޓޯތަކުން އެނގެއެވެ.

އަޒަރުބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށްފަހު އެނބުރި އިރާނަށް ވަޑައިގަންނަވަނިކޮށް ރައިސީ ދަތުރުކުރައްވަމުން ގެެންދެވި ހެލިކޮޕްޓަރު ވެއްޓި ރައިސީ އަވަހާރަވެފައިވާއިރު، ރައީސީގެ އަރިހުގައި ދަތުރުކުރެއްވި އެޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރް ޢަބްދުއްލުހައްޔާނީ އާއި އެހެން އޮފިޝަލުންވެސް ސަލާމަތްވެފައި ނުވާކަމަށް އީރާނުގެ ރަސްމީ މީޑިއާއިން ވަނީ ޔަގީންކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން