އެމްއެމްޕީއާރްސީގެ ބޯޑުގައި ހިމެނިވަޑައިގެންނެވި މެމްބަރު ރާފިލް މުހައްމަދު ބޯޑުން އިސްތިއުފާ ދެއްވައިފި އެވެ.
ރާފިލް އަކީ އެމްއެމްޕީއާރުސީ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ، މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ބޯޑުން ރާފިލް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ.
ރާފިލް އަކީ 2018 އިން ފެށިގެން މަޓީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އެމްއެމްޕީއާރުސީގެ ބޯޑު މެންބަރުގެ މަގާމަށް ރާފިލް އައްޔަން ކުރަށްވާފައިވަނީ ވަނީ މީގެ ތިން މަސް ކުރިންނެވެ.
ރާފިލް އެމްއެމްޕީއާރްސީގެ ބޯޑުން އިސްތިއުފާ ދެއްވާފައިވާއިރު، އެ ކުންފުނީގެ ޗެެއާޕަސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހުވެސް ރޭ ވަނީ ކުންފުނިން އިސްތިއުފާ ދެއްވައިފަ އެވެ.
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން އުފައްދާފައިވާ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކީ ފާތިމަތު ތައުފީގެވެ.

ކިޔުންތެރިންގެ ހިޔާލު