ފާތިމަތު ތައުފީގު
ފާތިމަތު ތައުފީގު
އެމްއެމްޕީއާރުސީގެ އެމްޑީގެ މަޤާމުން ފާތިމަތު ތައުފީގު ވަކިކޮށްފިއެވެ.

ރާއްޖޭގެ ޓޫރިޒަމް ބައިނަލްއަގުވާމީ މާކެޓްގައި ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފާތިމަތު ތައުފީގު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ގައެވެ.

ފާތިމަތު ތައުފީޤު މަގާމުން ވަކި ކުރެއްވި އިރު، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރްއައިން ޖަނާހު ވަނީ އިއްޔެ އެމަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ނޫރްއައިން އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުމް އިސްތިއުފާ ދެއްވުމުގެ ގޮތުން ފޮނުއްވި ސިޓީގައި އެ ކުންފުނީގެ މިސްރާބު ހުރީ ރަނގަޅަށް ނޫން ކަމަށް ވަނީ ވިދާޅުވެފައިވެއެވެ.

އެގޮތުން ބަޖެޓުން ފާސްކުރި ގޮތާ ހިލާފަށް މެނޭޖިން ޑިރެކްޓަރު ހަރަދު ކުރަށްވާ ކަމަށާއި، ބޯޑުން ދޭ ލަފާތަކާ ހިލާފަށް އަމަލު ކުރަށްވާ ކަމަށް ވިދާޅުވެފައިވެއެވެ.

ނޫރްއައިން ގެ އިތުރުން އެމްއެމްޕީއާރުސީ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ، މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރު ރާފިލްވެސް މިހާރު ވަނީ ކުންފުނީގެ ބޯޑުން އިސްތިޢުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން