މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އޮޕަރޭޝަންތަކަށް ބުރޫއަރާފާނެތީ އެކަމަށް ސަމާލުވުމަށް އެމްއޭސީއެލް އިން އިލްތިމާސް ކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މިއަދު ބުނެފައިވަނީ، މާލޭ ސަރަޙައްދަށް މޫސުން ގޯސްވެ ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ، އެއަރޕޯޓްގެ އޮޕަރޭޝަންތަކަށް ބުރޫއަރާފާނެ ކަމަށެވެ. އެހެންކަމުން ފަސިންޖަރުން އެކަމަށް ސަމާލުވުމަށް އެމްއޭސީއެލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މެޓް އޮފީހުން މިހާރު ވަނީ މާލެ ހިމެނޭ ގޮތުން ރާއްޖޭގެ ބައެއް އަތޮޅުތަކަށް އޮރެންޖް އެލަރޓް ނެރެފައެވެ. އެގޮތުން މެޓް އޮފީހުން ނެރެފައިވާ އެލާޓުގައި ވަނީ ބޯކޮށް ވާރޭވެހި ގަޑިއަކު 40-34 މޭލަށް ވައިގަދަވާނެ ކަމަށާއި، ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށެވެ.



މޫސުން ގޯސްވުމުގެ ސަބަބުން ވީއައިއޭގެ އޮޕަރޭޝަންތަކަށް ބުރޫއަރާފާނެ ކަމަށް ބުނެފައިވާއިރު، ފުރަން ޝެޑިއުލްކޮށްފައިވާ ބައެއް ފްލައިޓުތައް ވަނީ ޑިލޭ ވެފައެވެ. އަދި ބައެއް ފްލައިޓުތަކަށް ވީއައިއޭގައި ނުޖެއްސިފައިވާ ކަމަށް މަޢުލޫމާތުލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން