“ޗައިނާ ވައިޓް” ޑްރަގް މާކެޓުގައި ދައުރުވާތީ އެކަމަށް ސަމާލުވުމަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން އިލްތިމާސް ކޮށްފިއެވެ.
ދާޚިލީ ވުޒާރާއިން މިރޭ ނެރުނު އިލްތިމާސެއްގައި ބުނީ، މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމުގައިވާ، ފެންޓަނީލް-ލޭސްޑް ޑްރަގްސް ނުވަތަ އާންމުކޮށް ކިޔާ ނަމުންނަމަ ޗައިނާ ވައިޓް، ބައިނަލްއަގްވާމީ މާކެޓުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
“މިއީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗަކަށްވާތީ އާއި، މި ބާވަތުގެ މަސްތުވާތަކެއްޗަކީ އެ ބޭނުންކުރާ މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ބާރުގަދަ މަސްތުވާ އެއްޗެކެވެ.” ދާޚިލީ ވުޒާރާގެ ބަޔާނުގައި ވެއެވެ.
އެހެންކަމުން އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް، ދާޚިލީ ވުޒާރާއާއި ނޭޝަނަލް ޑްރަގް އެޖެންސީ އަދި މިކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތައް ގުޅިގެން ކުރަމުންދާކަމުގެ ޔަގީންކަން ދާޚިލީ ވުޒާރާއިން ވަނީ ދީފައެވެ.
ނުރައްކާތެރި ޑްރަގެއް މާކެޓުގައި ދައުރުވަމުންދާ ކަމަށް ދާޚިލީ ވުޒާރާއިން ހާމަކޮށްފައިވާއިރު މާލޭގައި ގޮތްނޭންގޭ ކުއްލި މަރުތައް މިދުވަސްވަރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމުގައިވާ " ފެންޓަނީލް-ލޭސްޑް ޑްރަގްސް" ބައިނަލްއަޤުވާމީ ބާޒާރުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާތީ، މި ޑްރަގަކީ ކެމިކަލް އެކުލެވިގެންވާ ނުރައްކާތެރި ޑްރަގްއެއްކަމުން މިކަން ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަން. pic.twitter.com/eSTSOC1xAb
— Ministry of Homeland Security & Technology, MV (@HomeMinistrymv) May 23, 2024
އެހެންކަމުން އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް، ދާޚިލީ ވުޒާރާއާއި ނޭޝަނަލް ޑްރަގް އެޖެންސީ އަދި މިކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތައް ގުޅިގެން ކުރަމުންދާކަމުގެ ޔަގީންކަން ދާޚިލީ ވުޒާރާއިން ވަނީ ދީފައެވެ.
ނުރައްކާތެރި ޑްރަގެއް މާކެޓުގައި ދައުރުވަމުންދާ ކަމަށް ދާޚިލީ ވުޒާރާއިން ހާމަކޮށްފައިވާއިރު މާލޭގައި ގޮތްނޭންގޭ ކުއްލި މަރުތައް މިދުވަސްވަރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު