މާޗު މަހު ގްރީން ފަންޑަށް 113 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.
ދަޢުލަތުގެ މާލީ ވުޒާރާއިން މިދިޔަ ހަފްތާގައި އާންމުކޮށްފައިވާ ގްރީން ފަންޑާއި ގުޅޭ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މާޗު މަސް ނިމުނުއިރު، ގްރީން ފަންޑުގައި ހުރީ 1.3 ބިލިއަން ރުފިޔާއެވެ. މި ފަންޑަށް ޖަމާވަނީ ގްރީން ޓެކުހުގެ ގޮތުގައި ނަގާ ފައިސާއެވެ.
ގްރީން ފަންޑަށް މާރޗް މަހު 113 މިލިއަން ރުފިޔާ ލިބިފައިވާއިރު އެފަންޑުން މާރޗްމަހު ޚަރަދު ކޮށްފައިވަނީ 19 މިލިއަން ރުފިޔާއެވެ. މާރޗް މަހު ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރިސޯޓުތަކާއި ސިޓީ ހޮޓާ އަދި ގެސްޓު ހައުސްތަކުންނެވެ. އެގޮތުން 111 މިލިއަން ރުފިޔާ ރިސޯޓުތަކާއި ސިޓީ ހޮޓާ އަދި ގެސްޓު ހައުސްތަކުން ލިބިފައިވެއެވެ.
މި އަހަރުގެ ޖެނުއަރ މަހު ގްރީން ފަންޑުން ހޭދަކޮށްފައިވަނީ 138،907 ރުފިޔާއެވެ. ފެބްރުއަރީ މަހު 93 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން ނަގަން ފަށާފައިވާ ގްރީން ޓެކްސް ނަގަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ.
އެގޮތުން ރިސޯޓްތަކާއި ސަފާރީތައް އަދި ހޮޓާ ތަކަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ހަ ޑޮލަރެވެ. އަދި ގެސްޓްހައުސް ތަކުގައި ޗުއްޓީ ހޭދަޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ތިން ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު