މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުޤައްރިރަކަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އަދި 241 ކޮމެޓީގެ މުޤައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހަމަޖެއްސުމަށް ވެރިކަންކުރާ ކޮންގްރެސް ޕާޓީން ނިންމައިފިއެވެ.

ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމަކީ މި ސަރުކާރަށް ވަރަށް ބޮޑަށް ތާޢީދު ކުރަށްވާ މެންބަރެކެވެ. އަދި ކޮންގްރެސް ޕާޓީން މިދިޔަ މަޖިލީސް އިންތިޚާބުގައި ޤާސިމް ތަމްސީލް ކުރަށްވާ މާމިގިލީ ދާއިރާއަށް ވާދަކޮށްފައެއް ނުވެއެވެ.

ކޮންގްރެސް ޕާޓީން މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުކަމަށް ކަނޑައެޅުމަށް ނިންމާފައިވާ އިތުރު ބޭފުޅުންގެ ތެރޭގައި ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ މުޤައްރިރުކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވަނީ ހަމަޖައްސާފައެވެ.

މި މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ ޕީއެންސީއެވެ. އެގޮތުން ޕީއެންސީގެ ޕީޖީގައި 75 މެންބަރުން ތިއްބަވާނެ އެވެ. ޕީއެންސީގެ ޕީޖީ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ކަނޑައަޅުއްވާފަ އެވެ.

އަދި ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ކަނޑައަޅުއްވާފަ އެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިޚާބު ކުރުމަށް ޕީއެންސީގެ ޕީޖީން ވަނީ ފާސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން