ރައްޔިތުން ކަންބޮޑުވަނީ، ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ނުދައްކައިގެން ކަމަށް ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއު އެއްގައި ދިފާޢީ ވަޒީރު މާރިޔާ ވިދާޅުވީ، މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ނުވެގެން ކަންބޮޑުވާ މީހުންނަށް ވުރެ، ޔާމީނަށް ކުރި ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ނުދައްކައިގެން ކަންބޮޑުވާ މީހުން މާ ގިނަ ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގަ އެވެ.
"ތިޔަ ވިދާޅުވާ ފަންސާހަކަށް މީހުން ނުކުމެ ރަށްމެދުގައި ތިބެގެން ރައީސް ޔާމީންގެ ޝަރީއަތް ނާއިންސާފޭ ބުނާ މީހުންނަށްވުރެ މިއަދުވެސް ރައީސް ޔާމީނަށް ހުކުމް ކުރެވޭނެ ކަމަށް ނުވަތަ އެއަށްވުރެ ގިނަ އަދަދަށް ފައިސާއަށް ހިޔާނަތްތެރިވި ކަމަށް ގަބޫލުކުރާ މީހުން ރަށްމެދަށް އެއްވެލާށޭ ބުނެފި ނަމަ އަދަދު ފެންނާނެ ކަމަށް އަޅުގަނޑު ދެކެނީ." އިދިކޮޅުގެ މުޒާހަރާއަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވި އެވެ.
އިދިކޮޅުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މިނިވަން ދުވަހުގެ ރޭ ސިލްސިލާ މުޒާހަރާތަކެއް ފަށާފަ އެވެ. އެ މުޒާހަރާތައް އީދު ބަންދަށް މެދުކަނޑާލާފައި ވާއިރު މާރިޔާ ވަނީ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި، މުޒާހަރާ ކުރަން ނުކުންނަ މަދު ބަޔަކު ފުލުހުން ގަޔަށް ހައްޕުނޑު ޖެހުން ކަހަލަ ކަންކަން ކުރާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ އަޣުލަބިއްޔަތު ދެކޭ ގޮތުގައި ކުރީ ސަރުކާރުން ހިންގި ހިޔާނާތަށް އަދިވެސް އިންސާފު ނުލިބޭ ކަމަށާއި، ރައްޔިތުން ބޭނުންވަނީ އިންސާފު ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ޔާމީން، ދައުލަތަށް ފަސް މިލިއަން ޑޮލަރު ދެއްކެވުމަށް ކުރި ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ ކަންބޮޑުވާ އެތައް ބަޔަކު ތިބި ކަމަށެވެ. އެފަދަ މީހުން ރައީސް ޔާމީންގެ އަތްޕުޅުގައި ފަސް މިލިއަން ޑޮލަރަށް ވުރެ މާ ގިނަ ފައިސާ ހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.
މާރިޔާ ވިދާޅުވީ މިހާރު ވެސް ކަންކަން ގޯސްކޮށް ހިނގާ އެއް ސަބަބަކީ މިދިޔަ ސަރުކާރުގެ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ނުބެލުން ކަމަށާއި، އާންމުން މިއަދު ވެސް އިންސާފު ނުލިބިގެން އެކަމާ ސުވާލު ކުރާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ވެފައިވާ ޚިޔާނާތަށް އިންސާފު ނުލިބޭ ކަމާއި އާންމު މީހުންނަށް ރަނގަޅު ގޮތެއް ނުވާ ސަބަބަކީ އެއީކަން ގަބޫލު ކުރާ މީހުން މިހާރު ވެސް ނިސްބަތުން ގިނަ ވާނެ ކަަމަށް މާރިޔާ ވަނީ ފާހަގަ ކުރައްވައިފައެވެ.
އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނަމުންދަނީ ރައީސް ޔާމީނަށް ކުރި ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި ރައީސް ޔާމީނަށް އަދަބު ދެނީ ބޭއިންސާފުން ކަމަށެވެ. ރައީސް ޔާމީނަށް ހުކުމް އިއްވާފައިވަނީ ޝަރީއަތުގެ ހުކުމާއި ހަމައަށް އެޝަރީއަތް ކުރިއަށް ގެންދިޔަ ފަނޑިޔާރު ސަސްޕެންޑް ކުރުމަށްފަހު އެހެން ފަނޑިޔާރަކު ލައްވައެވެ.

ކިޔުންތެރިންގެ ހިޔާލު