ލ. ކައްދޫގައި އޮންނަ އިންޑިއާ ހެލިކޮޕްޓަރު އުދުހޭން ފަށައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި މޫސަ ވިދާޅުވީ 20 ވަނަ މަޖިލީހުގެ މެންބަރުން މަޤާމުގެ ހުވާ ކުރެއްވުމާއެކު ކައްދޫގައި އޮންނަ އިންޑިއާ ހެލިކޮޕްޓަރު އުދުހޭން ފަށާފައިވާ ކަމަށެވެ.
މޫސަ ވިދާޅުވީ އިންޑިއާ ހެލިކޮޕްޓަރ ދުއްވަން މިހާރުތިބީ ދިވެހި ސިފައިން ކަމަށް އުއްމީދު ކުރަށްވާ ކަމަށާއި އަދި އެކަމާމެދު އުފާފުޅު ކުރަށްވާ ކަމަށެވެ.
“އިންޑިއާއާއި ދިވެހި ސަރުކާރުގެ ގުޅުން ވަރުގަދަވީ ކަމަށް ހީކޮށް މަވާ މިހުރީ އުފަލުން.” މޫސަ ވިދާޅުވިއެވެ.
މޫސަ މިމޭރުމުން ވިދާޅުވެފައިވާއިރު ސަރުކާރުން ބުނެފައިވަނީ ކައްދޫގައި އޮންނަ އިންޑިއާ ހެލިކޮޕްޓަރ އޮޕަރޭޓް ކުރުމަށް މިހާރު ތިބީ އިންޑިއާގެ 25 މަދަނީން ކަމަށެވެ.
ރާއްޖޭގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް އޮޕަރޭޓް ކުރަމުންދާ އިންޑިއާގެ ވައިގެ އުޅަނދުތައް ކުރިން ދުއްވަން ތިބީ އިންޑިއާ ސިފައިން ނެވެ. ނަމަވެސް މިދިޔަ މެއި މަހު 10 ގައި ހުރިހާ އިންޑިއާ ސިފައިން ރާއްޖެއިން ފައިބައިގެން ގޮސްފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ.ނަމަވެސް އިދިކޮޅުން އެއީ ހަގީގަތެއް ކަމަކަށް ގަބޫލެއް ނުކުރެއެވެ ކޮޅުން ބުނަނީ ބޭލުވީ އާރމީ ޔުނީފޯރމް ކަމަށާއި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުން ދާކަމަށެވެ.

ވިހިވަނަ މަޖްލިސް ހުވާކުރެއްވުމާއެކު މިއަދު މިފެންނަނީ ލ ކައްދޫގަ އޮންނަ އިންޑިއާ ހެލިކޮޕްޓަރު އުދުހޭން ފެށިތަނެވެ، ދިވެހި ސިފައިން މި ދުއްވަން ތިއްބެވިކަމަށް ހީކޮށް އިންޑިއާއާއި ދިވެހިސަރުކާރުގެ ގުޅުން ވަރުގަދަވީކަމަށްހީކޮށް މަ ވާމިހުރީ އުފަލުންނެވެ، pic.twitter.com/8vFOnaTtOT
— Moosa Maniku (Reeko) (@ReekoMoosa) May 28, 2024
މޫސަ މިމޭރުމުން ވިދާޅުވެފައިވާއިރު ސަރުކާރުން ބުނެފައިވަނީ ކައްދޫގައި އޮންނަ އިންޑިއާ ހެލިކޮޕްޓަރ އޮޕަރޭޓް ކުރުމަށް މިހާރު ތިބީ އިންޑިއާގެ 25 މަދަނީން ކަމަށެވެ.
ރާއްޖޭގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް އޮޕަރޭޓް ކުރަމުންދާ އިންޑިއާގެ ވައިގެ އުޅަނދުތައް ކުރިން ދުއްވަން ތިބީ އިންޑިއާ ސިފައިން ނެވެ. ނަމަވެސް މިދިޔަ މެއި މަހު 10 ގައި ހުރިހާ އިންޑިއާ ސިފައިން ރާއްޖެއިން ފައިބައިގެން ގޮސްފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ.ނަމަވެސް އިދިކޮޅުން އެއީ ހަގީގަތެއް ކަމަކަށް ގަބޫލެއް ނުކުރެއެވެ ކޮޅުން ބުނަނީ ބޭލުވީ އާރމީ ޔުނީފޯރމް ކަމަށާއި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުން ދާކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު