މަޖިލީހުގެ ކަރާމާތާއި ޤަދަރަށް އުނިކަން ނާންނަ ގޮތަށް މެންބަރުން މަޖިލީހުގައި ޢަމަލުކޮށްދެއްވުމަށް 20 ވަނަ މަޖިލީހުގެ ރައީސް އަބްދުއް ރަޙީމް ޢަބްދުالله އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެ ވަޑައިގެންނެވި އަބްދުއްރަޙީމް ވިދާޅުވީ މަޖިލީހުގައި ކުރާ ބަހުސްތަކާއި، ދައްކާ ވާހަކަތަކާއި ކުރާ މަސައްކަތްތަކުގައި ތަފާތު ހިޔާލުތަކަށާއި، ތަފާތު ވިސްނުންތަކާއި ތަފާތު ނަޒަރިއްޔާތުތަކަށް ފުރުސަތު އޮންނަންވާނެ ކަމަށެވެ.

ނަމަވެސް އެކަންކަން ކުރަންވާނީ މަޖިލީހުގެ ކަރާމާތާއި ގަދަރަށް އުނިކަން ނާންނަފަދަ ގޮތަށް ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއް ރަޙީމް ވިދާޅުވީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާއިރު މަޖިލީހުގެ އެތެރޭގެ މާހައުލު ރަނގަޅު ކުރަން ވެސް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން ޑިމޮކްރެސީގެ ހަމަތަކާއި ރައްޔިތުގެ ހިޔާލަށް މަރުހަބާ ކިޔާނެ ކަމަށާއި މަޖިލީހާއި ބޭރުގެ މަޖިލިސްތަކާއި ޖަމިއްޔާތަކާއި އޮތް ގުޅުން ރަނގަޅުކޮށް އާލާކުރަށްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދި އެކަންކަމުގައި މަޖިލީހުގެ ރިޔާސަތުން މެންބަރުންނަށް އަރުވަންޖެހޭ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

މިހާރު ކުރިޔަށްދާ 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިހާބުކޮށްފައިވަނީ މަޖިލީހުގެ ތަޅުމުގައި ކުރިޔަށް ދިޔަ ސިއްރު ވޯޓުގައި 71 މެންބަރުންގެ ތާޢީދާއެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން