ޖުމްލަ 1.6 ބިލިއަން ރުފިޔާގެ 4 ޓީބިލް ވިއްކުމަށް ދަޢުލަތުގެ މާލީ ވުޒާރާއިން ނިންމައިފިއެވެ.

ދަޢުލަތުގެ މާލީ ވުޒާރާއިން ބުނީ ސަރުކާރުގެ ޚަރަދުތައް ހަމަޖައްސުމުގެ ގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކަން ހުޅުވާލާނެ ކަމަށެވެ.

އެގޮތުން ޖުމްލަ 1.6 ބިލިއަން ރުފިޔާގެ 4 ޓީބިލް ވިއްކުމަށް މާލީ ވުޒާރާއިން ވަނީ ނިންމާފައެވެ. މި 4 ޓީބިލްގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.

އެގޮތުން ހުޅުވާލަނީ 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 982 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 46 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 182 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 169 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 489 މިލިއަން ރުފިޔާގެ ޓީ-ބިލެކެވެ.

ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ގަންނަނީ ކޮމާޝަލް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން