ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިހުމާލުން ކުޑަކުއްޖެއްގެ ހާލު ގޯސްވި ކަމަށް ބުނާ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ހުން އަންނަމުން ދާތީ ޢުމުރުން 8 މަހުގެ ތުއްތު ކުއްޖަކު ކުޅުދުއްފަށީ ހޮސްޕިޓަލުގެ ޑޮކްޓަރަށް ފަސް ފަހަރެއްގެ މަތިން ވަނީ ދައްކާފައެވެ.
ނަމަވެސް ކޮންމެ ފަހަރަކު ވެސް އެއީ އާދައިގެ ކަމެއް ކަމަށް ނިންމައި ކުއްޖާ ވަނީ ގެޔަށް ފޮނުވާލާފައެވެ. ޢާއިލާއިން ބުނީ ހޮސްޕިޓަލުގައި އާދޭސް ކޮށްގެން ޓެސްޓް ހެދުމުން ކުއްޖާއަށް ޑެންގޫ ޖެހިފައިވާކަން އެނގުނު ކަމަށެވެ.
“ހުމުގެ ސަބަބުންނާއި އިންފެކްޝަންގެ ސަބަބުން ޑީހައިޑްރޭޓް ވެގެންނާއި އެކި އެހެން މައްސަލަތައް ދިމާވެ ހާލު ސީރިއަސް.” ޢާއިލާއިން ބުނެފައިވެއެވެ.
އިތުރު ފަރުވާއަށް ކުޑަކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗް އައިސީޔޫގައި މިހާރު ފަރުވާދެމުން ދާއިރު ކުޅުދުއްފުށީ ހޮސްޕިޓަލުން ކުއްޖާގެ އަތަށް އައިވީ ގުޅުމުގެ ތެރޭގައި ލިބިފައިވާ އަނިޔާތަކެއް ކަމަށް ބުނާ ފޮޓޯތަކެއް މީސްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެމައްސަލަ އެ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު