ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ (ފޮޓޯ: އެމްއެންޑީއެފް)
ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ (ފޮޓޯ: އެމްއެންޑީއެފް)
ބޯކޮށް ވާރޭ ވެހި އެސްޓީއޯ ފުށްގުދަން ސަރަހައްދުގައި ފެން ބޮޑުވުމުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ފެން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑިއެފް) އިން ބުނީ މާލޭ ސިޓީއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ގުޅިގެން އެސްޓީއޯ ފުއްގުދަން ސަރަހައްދުގައި ފެންބޮޑުވެފައި ވާތީ އެސަރަހައްދުގައި ޕަމްޕް ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާރ އެންޑް ރެސްކިއު ސާރވިސްއިން މިހާރު ކުރަމުންދާކަމަށެވެ.



މިރޭ މާލެއަށް ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހެމުން ދާއިރު، އޭގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ފެން ބޮޑުވެފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަރަކަށްވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މިރޭ 21:00 އާއި ހަމައަށް މާލެ ހިމެނޭ ގޮތަށް ބ.އަތޮޅުން ފެށިގެން އދ.އަތޮޅާއި ދެމެދުގެ ސަރަހައްދަކަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ.

އަދި އެމްއެންޑީއެފް އިން ވަނީ ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން