ރާއްޖޭން މިއަހަރު ހައްޖަށްދާ ހައްޖުވެރިން މާދަމާ ފުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މި އަހަރު ރާއްޖޭން 1000 ހައްޖުވެރިން ހައްޖަށްދާނެ ކަމަށެވެ. އިތުރު ކޯޓާއެއް މިއަހަރު ރާއްޖެއަށް ލިބިފައެއް ނުވެ އެވެ.

އިސްމާލިކް މިނިސްޓްރީން ބުނީ ރާއްޖޭން މާދަމާ 298 ހައްޖުވެރިއަކު ހައްޖަށް ފުރާނެ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު އިތުރު 353 ހައްޖުވެރިއަކު އަދި ފަހު ގުރޫޕުގައި އަންނަ މަހުގެ ހަތް ވަނަ ދުވަހު 339 ހައްޖުވެރިއަކު ސައުދީއަށް ފުރާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ރާއްޖޭން މިއަހަރު ހައްޖަށްދާ ހައްޖުވެރިންގެ ކަންކަން ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން 10 ބޭފުޅުންގެ މައްޗަށް އެކުލެވޭ އެޑްވާންސް ޓީމަކާއި ހައްޖު މިޝަންގައި ހިމެނޭ ނުވަ ބޭފުޅަކު މި ވަގުތު ތިބީ ސައުދީ އަރަބިއާގަ އެވެ.

ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް ބަސް ދަތުރުތައް ސަރުކާރުން ހަމަޖައްސާފައިވާއިރު، ހުރިހާ ހައްޖުވެރިންވެސް ސައުދީއަށް ދާނީ އެ ގައުމުގެ ގައުމީ އެއާލައިން، ސައުދިއާގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން