ޑުއަލް ސިޓިޒަންޝިޕް އޮންނަ އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާކުރަންޖެހޭ ސަބަބު ވިސްނިވަޑައި ނުގަންނަވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިމޭރުމުން ވިދާޅުވެފައިވާއިރު އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
އެމްޑީޕީން އެބިލު މަޖިލީހަށް ހުށައެޅި މަޤްސަދާމެދު ސުވާލު އުފައްދަވަމުން އާޒިމާ މީސް މީޑިއާގައި ވިދާޅުވެފައިވަނީ އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ފަންނީ މައްސަލަތަކެއް އެބްހުރި ކަމަށެވެ.
އެގޮތުން އެ ބިލުގައި ހިމަނާފައިވަނީ ޑުއަލް ސިޓިޒަންޝިޕް ނުވަތަ އިސްރާއީލުގެ ޕާސްޕޯޓެއް އޮތް މީހަކު އެހެން ޤައުމެއްގެ ޕާސްޕޯޓެއްގައިވެސް ރާއްޖެއަށް އެތެރެނުވެވޭނޭ ވާހަކަ ކަމަށާއި އެއީ ޚާރިޖީ ސިޔާސަތާ ބެހޭ މައްސަލައެއް ކަމަށް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ޙަޤީޤީ މައްސަލައަކީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުން ކަމަށާއި އަދި އިސްރާއީލްގެ ޕާސްޕޯޓް ރާއްޖޭގައި ބަލައިނުގަތުން ކަމަށެވެ. އެހެންކަމުން މިއީ ޤާނޫނީ ފުރިހަމަ ޙައްލުތަކަކަށްވުރެ، ޚާރިޖީ ސިޔާސަތާއި، އިސްރާއީލްގެ ސަރުކާރުން ފަލަސްޠީނާމެދު ގެންގުޅޭ ސިޔާސަތުތަކާއި އަދި ފަލަސްޠީނުގެ ރައްޔިތުންނާމެދު ކަންކުރާ ގޮތާ ބެހޭގޮތުން، ދިވެހިސަރުކާރުން އަދި ދިވެހި ރައްޔިތުންދޭ ރައްދެއް ކަމަށް އާޒިމާ ވިދާޅުވިއެވެ.
“އެއްވެސް ޙާލެއްގައި ޑުއަލް ސިޓިޒަންޝިޕް އޮތް މީހަކު އިސްރާއީލުގެ ޕާސްޕޯޓު ނޫން ޕާސްޕޯޓެއްގައި އެތެރެވުން މަނާކުރަންޖެހޭ ކަމެއްކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ. ނޫނީ ރާއްޖެއަންނަ ކޮންމެ މީހަކުގެ އެހެން ޕާސްޕޯޓެއް އޮތްތޯ ބަލައި ހޯދޭނޭ ކަމަކަށްވެސް އަޅުގަނޑަކަށް ނުފެނެއެވެ.” އާޒިމާ ވިދާޅުވެފައިވެއެވެ.
އާޒިމާ ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ބަލާއިރު އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އަންނަނީ މަދު ޢަދަދެއްގެ ބައެއް ކަމަށެވެ. ހަމައެއާއެކު އެމްޑީޕީން މަޖިލީހުގެ މިދައުރަށް އެބިލު ހުށައެޅި މަޤްސަދާމެދު އާޒިމާ ސުވާލު އުފެއްދެވިއެވެ.
“ކުރީގެ ސަރުކާރުގައި އެމް.ޑީ.ޕީގެ ފުރިހަމަ އަޣްލަބިއްޔަތު ރައްޔިތުންގެ މަޖިލީހުގައި އޮވެފައި، އިސްރާއީލްގެ ޕާސްޕޯޓުގައި މީހުން އެތެރެވުން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް ނާޅުއްވާފައި، މިއަދު މިބިލް ހުށަހެޅުއްވީމާ އެކަމުގެ ސުވާލު އުފެދެއެވެ.” އާޒިމާ ވިދާޅުވެފައިވެއެވެ.
އާޒިމާ އިތުރަށް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ ނިކަމެތި ޙާލަކީ ސިޔާސީ ގޮތުން ޖަހަން ގެންގުޅޭ ބޯޅައަކަށް ހަދައިގެން ނުވާނެ ކަމަށާއި ޤައުމެއްގެ ޙައިސިއްޔަތުން އިޚްލާސްތެރިކަމާއެކު މިމައްސަލައިގައި ގޮތްތަކެއް ނިންމަންޖެހޭ ކަމަށެވެ.
އަދި އޭނާގެވެސް ވިސްނުމަކީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުން ކަމަށް އާޒިމާގެ ފޭސްބުކް ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީން މަޖިލީހަށް ހުށައަޅާފައިވާއިރު އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ނިމިދިޔަ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވެއެވެ.
ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުނުއިރުވެސް އެޤަރާރާމެދު ވަކި ގޮތަކަށް އަމަލުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު