ކަރަންޓު ބިލް ކުޑަކުރާނެގޮތް ސްޓެލްކޯގެ އިންޖިނޭރަކު ވިދާޅުވެ ދެއްވައިފިއެވެ.
މީސް މީޑިއާގައި ސްޓެލްކޯގެ އިންޖިނޭރު ޢަލީ ނިޔާޒް ވިދާޅުވެފައިވަނީ މިދިޔަ މަހު ލިބިފައިވަނީ ކޮން ދުވަސްވަރެއްގެ ބިލެއްތޯ އެއްވެސް ބޭފުޅަކު ބައްލަވާލެއްވި ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
އެގޮތުން ހޫނު މޫސުމުގެ ތެރޭގައި މާލެ ސަރަހައްދުގައި އެވްރެޖްކޮށް 110 މެގަވޯޓާއި 113 މެގަވަޓާއި ދޭތެރޭގެ ޑިމާންޑެއް އޮތްކަމަށާއި އެހެންކަމުން ޖަނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، އިތުރު އިންޖީނުތަށް ހިންގި ކަމަށް އޭނާ ވިދާޅުވިއެވެ.
“ނިމިދިޔަ ބިލިންގ ސައިކަލްގަ ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށްވެސް އެރި. އެކަމު ގޭތެރެ ހުރީ ހަމަ ޗިލްކޮށް 25 ޑިގްރީގަ އުތަ؟ އޭސީ ނުޖައްސާއިރު ގޭތެރެ 30 އާއި 35 ޑިގްރީ ސެލްސިއަސްއާއި ދެމެދު ހުރިނަމަވެސް 25 ޑިގްރީ ސެލްސިއަސް އަށްވުރެ ދަށްކޮށް އެވަރުގައު ހިފަހައްޓަން އޭސީން ކުރަންޖެހޭ މަސައްކަތް ހިތަށް އަރުވާލިޔަސް ރޮވޭ ހުވާ. ހާދަ އެނަރޖީއެކޭ. ދެން ވިސްނާލާ 40 އާއި 45 ޑިގްރސެލްސިއަސްގަ ހުރެފަ ތިރިއަށް އަންނަން އެފަކީރު ކުރާނެ މަސައްކަތް. މިއީ އަދި އޭސީ އެކަނި، ކޮބާ އަދި ފްރިޖު؟ އެ އަދި މާބޮޑަށް ޓެމްޕަރޭޗަރ ދަށްކުރަންޖެހޭނެ ދޯ؟”ޢަލީ ނިޔާޒް ވިދާޅުވެފައިވެއެވެ.
ޢަލީ ނިޔާޒް ވިދާޅުވީ ކަރަންޓު ބިލަށް އަސަރުކުރަނީ ހަމައެކަނި އާ އެއްޗެހިތަކެއް ގެޔައް އިތުރު ކޮށްގެނެއްނޫން ކަމަށެވެ. ޢާއްމުކޮށް ބޭނުންކުރާ ސާމާނު ތަކަކީވެސް ހާލަތަށް ޔޫސޭޖް ޑިޕެންޑު ވާ އެއްޗެހި ކަމަށާއި އެހެންކަމުން ޚަރަދު ކުޑަ ކުރުމަށް ބައެއް ކަންތައްތައް އިސްލާޙު ކޮށްލަންޖެހޭ ކަމަށް ޢަލީ ނިޔާޒް ވިދާޅުވިއެވެ.
އެގޮތުން 10 ކަމެއް އޭނާ ޙިއްސާކުރެއްވިއެވެ.
1. އޭސީ ސާރވިސް ކޮށްލާ ގޭސް ލެވެލް ޗެކް ކޮށްލާ ގޭސް ލީކެއް އުޅޭނަމަ އެކަން ހައްލު ކޮށްލުން.
2. ފުލް ސާރވިސްއެއް ނުކުރި ނަމަވެސް މަހަކު އެއްފަހު ކަހަލަ ގޮތަކަށް އައުޓް ޑޯ ޔުނިޓާއި އިންޑޯ ޔުނިޓުގެ ކޯ ކަނޑު ދޮވެލާ ފިލްޓަރުތައް ސާފު ކޮށްލުން. އައުޓު ޑޯ ޔުނިޓު އިނީ ވައިދައުރުވާ ހޫނުގަދަނޫން ތަނެއްގައިތޯ ޔަގީން ކޮށްލުން ވަރަށް މުހިންމު.
3. އޭސީ ކޮށްފައިހުރި ތަންތަނުގެ ދޮރު ދަށުން ފިނިވައި ލީކުވާގޮތަށް ހުރިނަމަ އެތަނަށް ޕެކިނެއްލައި ބަންދު ކޮށްލުން.
4. ބަދިގޭގެ އުނދުނާއި ވީހާވެސް ދުރުގައި ރެފްރިޖްރޭޓަރު ބަހައްޓާލުން.
5. އޭސީ ކޮށްފައިހުރި ތަންތަނުގެ ބިއްލޫރި ދޮރުތަކުގައި ވީހާވެސް ބޯ ދޮރުފޮއްޗެއް ދަމާ ފޮރާލުން.
6. ކުރިން ބަޖެޓު ލޯކަމުން ހަރުކުރި ތަނާ އެކަށީގެންވާ ވަރަށްވުރެ ކުޑަ އޭސީ ޔުނިޓް ތަނާ އެކަށީގެންވާ ވަރުގެ ބޮޑު އޭސީ އަކަށް ބަދަލު ކޮށްލުން.
7. ދާހިއްލިޔަސް ކައްކާއިރު ސިޓިންގ ރޫމު އޭސީ ނުޖެއްސުން. (ސިޓިންގ ރޫމާއި ބަދިގެ އެއްކޮށް ހުންނަ ނަމަ. އެހެންނޫނީ އޯކޭ)
8. ބޭރަށް ދަމުން ވީހާވެސް ގިނަ އެއްޗެހި އޮފްކޮށްލުން. (ހެނދުނު ބޭރަށް ދާ މީހާ ތި އަންނަނީ އިރު އޮއްސޭ ފަހުން. އަންނައިރު ކޮޓަރި އައިސް ކޮންޓޭނަރެއްހެން ނުހުއްޓަސް އޯކޭ ވާނެ. ގެއައް އައިސް އޭސީ އޮން ކޮށްލާފަ ފެންވަރައިގެން ނުކުންނަ އިރަށް ހުންނާނީ ކޮޓަރި ފިނިކޮށް. ހަމަ ހުވާ ޓްރައި އެނގޭ. އިޓްސް ލައިކް މެޖިކް ހަމަ)
9. ފަންކާވެސް ހަފްތާއަކު 1 ފަހަރު ފޮހެލާ ޕްލީޒް. އެ ގޮލާގެ ފިޔަތަކުގަ ހިރަފުސް ހިފައިގެން ބަރުވީމަ ކިހާ ވޭނެއް އަޅާނެ އޭގަވެސް. ލުއި ކޮށްލަދީ. ތަފާތު ފެންނާނެ ހަމަ.
10. ދޭތެރެ އަކުން ގޭގެ ކަރަންޓު މީޓަރު ބަލާލާ. މީޓަރު ހިނގާވަރާ، އަރާއެއްޗެއް ބަލާލާ. ބިލަށް އަރާނެ ވަރު މޯބައިލް އެޕުގައި ޖަހާލައިގެން ބަލާލެވޭނެ. އިޤްތިސާދު ކުރަން ކުރެވޭނެ ލައްކަ ކަންކަން ބޮލަށް ވަންނާނެ މި ގޮތަށް ބަލަމުންދާނަމަ.
ޢަލީ ނިޔާޒް ވަނީ މި ކަންކަން ކޮއްލުމުން ނަތީޖާ ފެންނާނެ ކަމަށާއި ބިލު ކުރެވޭނީ ބޭނުން ކުރި އެއްޗަކަށް ކަމަށް ވިދާޅުވެފައެވެ.
“ބޭނުން ކުރެވޭވަރު މެނޭޖްކޮށް ކަރަންޓު އިޤްތިސާދުކޮށްފިނަމަ ބިލަށް އޭގެ އަސަރު ކުރާނެ. ޓެލް އަ ފްރެންޑް އެނގޭ.” ޢަލީ ނިޔާޒްގެ ފޭސްބުކް ޕޯސްޓް ނިންމާލަމުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު