ދިވެހި ޒުވާން ހާފިޒުންނާއެކު އިސްލާމިކް މިނިސްޓަރ ބޭއްވެވި ބައްދަލުވުމެއް
ދިވެހި ޒުވާން ހާފިޒުންނާއެކު އިސްލާމިކް މިނިސްޓަރ ބޭއްވެވި ބައްދަލުވުމެއް
އިސްލާމިކް ޔުނިވާސިޓީން ޙާފިޒް އިމްތިހާނު ހަދާ ފަރާތްތަކަށް އިތުރު އިމްތިހާނަކާ ނުލާ ހާފިޒަކަށް ވެވޭނެ ގޮތަށް ހާފިޒުންގެ އިމްތިހާނުގެ ކުރުމުގެ އުސޫލް އިސްލާޙު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހާފިޒުންގެ އިމްތިހާނުގެ ކުރުމުގެ އުސޫލް އިސްލާޙު ކޮށްފައިވަނީ، ހާފިޒުން އިމްތިހާނު ކުރުމާއި، ހާފިޒުންގެ ސަނަދު ދިނުމާއި، ހާފިޒުންނަށް ދައުލަތުން އިނާޔަތްތައް ދިނުމާއި، ހާފިޒުންގެ ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތް ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ މެންޑޭޓުގައި ހިމެނިފައިވާތީ އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމަށްޓަކައި ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ގެނެވުނު ބަދަލުން ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިތަކާއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

އިސްލާޙް ކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގައި ރަޖިސްޓްރީކޮށްގެން ހިންގާ ގުރުއާން ހިދުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ހާފިޒުކަމުގެ އިންތިހާނު ކޮށްދިނުމަށް އެދި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒަށް ނުވަތަ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކަނޑައަޅާފައިވާ ކޮމިޓީއަށް ހުށަހެޅުން އެ ދަރިވަރަކު އިމްތިހާނު ކޮށްދޭނެ ކަމަށެވެ.

ހަމައެއާއެކު އިސްލާމިކް ޔުނިވާސިޓީން ކީރިތި ޤުރުއާން ހިތުދަސްކޮށް އެތަނުގެ އިމްތިހާނުން ފާސްވާ ފަރާތްތަކަކީ އިތުރު އިމްތިހާނަކާ ނުލާ ހާފިޒުން ކަމުގައި ބަލައިގަންނާނެ ކަމަށް އުސޫލުގައިވެއެވެ.

އޭގެއިތުރުން ރަށްރަށުގައި ތިބެ ކީރިތި ޤުރުއާން ހިތުދަސްކޮށްގެން ރަށުގައި ތިބެ މުރާޖައާކޮށް އިމްތިހާން ހަދަން އެކަނި މާލެ އަންނަ ގޮތަށް ވެސް އުސޫލަށް އިސްލާހު ގެނެސްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން