އެއްލައްކަ ފަތުރުވެރިންނާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކަށް ޗައިނާ ވެއްޖެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ޗައިނާއިން 101202 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތް ކޮށްފައެވެ.

މިދިޔަ 5 މަސް ދުވަހުގެތެރޭގައި ރާއްޖެއަށް 892245 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިހާރު އެވްރެޖްކޮށް ދުވާލަކު ރާއްޖެއަށް ޒިޔާރަތް ކުރަނީ 3519 ފަތުރުވެރިންނެވެ.

ރާއްޖޭގެ 1 ވަނަ މާކެޓަކަށް ޗައިނާ ވެފައިވާއިރު ދެވަނައިގައި އޮތް ރަޝިއާ އިން 90336 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުން 85208 ފަތުރުވެރިން އަދި އިޓަލީ ވިލާތުން 75123 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތް ކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1193 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 62254 އަށް އަރައެވެ.

ސަރުކާރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން މި އަހަރު ރާއްޖެ ގެނައުމެވެ.

މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1.8 މިލިއަން ފަތުރުވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން