ރައްޔިތުންގެ މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ކަނޑައަޅާ މެންބަރަކަށް މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ކަނޑައަޅަން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާގައި ޖޭއެސްސީއަށް މަޖިލީހުން މެންބަރަކު ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި މަޖިލީހުގެ ތަޅުމަށް ހުށައަޅާފައިވަނީ ހަމައެކަނި މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމްގެ ނަންފުޅެވެ.
ރިޒާގެ ނަން މަޖިލީހުގެ ތަޅުމަށް ހުށައެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކެވެ. އެ ހުށަހެޅުމަށް ތާޢީދު ކުރެއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.
ރިޒާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ރިޒާ ޖޭއެސްސީއަށް އައްޔަންކުރަން ފެންނަ ކަމަށް 83 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުން މެންބަރަކު ކަނޑައެޅުމުން އެ މަގާމަށް އެ މެންބަރަކު އައްޔަނުކުރައްވާނީ ރައީސުލްޖުމްޙޫރިއްޔާއެވެ. މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ އިތުރުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ދެން ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާނީ މަޖިލީހުގެ ރައީސެވެ.

ކިޔުންތެރިންގެ ހިޔާލު