19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދުގެ ޖަލްސާގައި ވަޒީރުންގެ ނަންތައް ދިރާސާކުރަން ފޮނުވާފައިވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ވަޒީރުންގެ ތެރެއިން 4 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީން ނިންމި ނަމަވެސް ވިޕްލައިނާ ޚިލާފަށް ބައެއް މެންބަރުން ވަނީ ވަޒީރުންނަށް ރުހުން ދީފައެވެ. އެހެންކަމުން މަޖިލީހުން ރުހުން ނުލިބުނީ ތިން ވަޒީރަކަށެވެ.
އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
ނަމަވެސް ރައީސް ޑރ. މުއިއްޒު ވަނީ މާ ގިނައިރު ތަކެއް ނުވަނީސް އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު