ޑޮކްޓަރުން އަތުން ލިޔެދޭ އާސަންދަ ރިކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓާލައިފިއެވެ.
އާސަންދައިން ބުނީ މެނުއަލްކޮށް ޑޮކްޓަރު ލިޔެދޭ އާސަންދަ ރެކޮމެންޑޭޝަން ފޯމް ބަލައިގަތުން ހުއްޓާލާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އޭގެއިތުރުން އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށްޓަކައި ޑޮކްޓަރުން ފުރާ އާސަންދަ ރިކޮމެންޑޭޝަން ފޯމް ދެން ބަލައިގަންނާނީ ހަމައެކަނި މައި އާސަންދަ ޕޯޓަލުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ވެސް އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
މިއަހަރު އާސަންދައިން ޚިދުމަތް ހޯދި މީހުންގެ ޢަދަދު 276،439 އަށް އަރާފައިވާއިރު އާސަންދަ ސްކީމްގެ ދަށުން 1،599 ފަހަރަށް ބަލި މީހުން އިމަރޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ވަނީ ގެންގޮސްފައެވެ. އަދި ފަރުވާއަށް ރާއްޖެއިން ބޭރަށް 1،691 ބަލިމީހުން ވަނީ ފޮނުވާފައެވެ.
މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވެސް އާސަންދައަށް 1.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

އާސަންދަ ރިކޮމެންޑޭޝަން ފޯމު، 2024 ޖޫން 1 ވަނަ ދުވަހުން ފެށިގެން ބަލައިގަންނަނީ ހަމައެކަނި މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް ކަމުގައި ދެންނެވިން.
— Aasandha Company Ltd (@AasandhaLtd) June 5, 2024
މައި އާސަންދަ ޕޯޓަލް ލިންކް: https://t.co/M4LsZwxIDS pic.twitter.com/xR1hXUYo9W
އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ވެސް އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
މިއަހަރު އާސަންދައިން ޚިދުމަތް ހޯދި މީހުންގެ ޢަދަދު 276،439 އަށް އަރާފައިވާއިރު އާސަންދަ ސްކީމްގެ ދަށުން 1،599 ފަހަރަށް ބަލި މީހުން އިމަރޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ވަނީ ގެންގޮސްފައެވެ. އަދި ފަރުވާއަށް ރާއްޖެއިން ބޭރަށް 1،691 ބަލިމީހުން ވަނީ ފޮނުވާފައެވެ.
މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވެސް އާސަންދައަށް 1.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ހިޔާލު