ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ފެނަކައިން ބައިވެރިވެއްޖެއެވެ.

ފެނަކައިން ބުނީ އެ ކޯޕަރޭޝަނުގެ ތިމާވެށީގެ ދުވަހާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭ ހިމެނޭ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ފެނަކައިގެ ބްރާންޗުތަކުން ބައިވެރިވެފައިވާކަމަށެވެ. މިގޮތުން، މިހަފުތާ ނިމުމުގެ ކުރިން ކޮންމެ ބްރާންޗަކުން 100 ގަސް އިންދުމަށް ހަމަޖެހިފައިވާކަމަށް ފެނަކައިން ހާމަކޮށްފައިވެއެވެ.



ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވީ މިއަދު ހެނދުނު މާލޭގެ ލޮނުޒިޔާރަތް ޕާކުގައެވެ.

މިއީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން