ފަލަސްތީނުގެ މުސްލިމުންނަށް ދެމުންދާ އަނިޔާތަކާއި ގުޅިގެން އިސްރާއީލްގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން ރާއްޖޭގެ ސަރުކާރުން ނިންމުމުން އެމެރިކާއިން ރާއްޖެއަށްދޭ އެހީ ނުދޭނެކަމަށްބުނެ ބިރުދެއްކުމުގެ އަޑީގައި ހުންނެވީ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުކަމަށް ބުނުމުން އެކަން ޝާހިދު ދޮގު ކުރައްވައި ކުށްވެރިކުރައްވައިފިއެވެ.

އެމެރިކާއިން ރާއްޖެއަށް ދެމުންދާ އެހީ ކަނޑާލުމަށް ބިލެއް ތައާރަފްކުރާކަމުގެ ރިޕޯޓުތައް އާންމުވެފައިވާއިރު އެ މަސައްކަތުގެ ފަހަތުގައި ވަނީ ޝާހިދު ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ތުހުމަތު ކުރައްވާފައެވެ.

"މީގެ ފަހަތުގައި ތިބީ އެމްޑީޕީން އަބްދުﷲ ޝާހިދު ކަމަށް މައުލޫމާތު ލިބޭ؟ އިތުރަށް ބަލަންޖެހޭ." އިބްރާހިމް މުހައްމަދު ވިދާޅުވެފައިވެއެވެ.

އިބްރާހީމް މުޙައްމަދު މިހެން ވިދާޅުވި ނަމަވެސް، އެކަމުގައި އެއްވެސް ހެއްކެއް ދައްކަވާފައެއް ނުވެއެވެ.

އެވާހަކައާއި ގުޅިގެން ޝާހިދު މިއަދު ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި ފަލަސްތީނުގެ މައްސަލަ ފަދަ، ދިވެހިންގެ ހިތްތަކާއި ރޫހާ ގުޅިފައިވާ ހައްސާސް މައްސަލައެއް ބޭނުން ކުރައްވައިގެން އަމިއްލަ ސިޔާސީ މަގުސަދެއް ހާސިލު ކުރައްވަން އުޅުއްވުމަކީ، ފަލަސްތީނުގެ މުސްލިމް އަހުންނަށް އިސްރާއީލުން އެދޭ އަނިޔާތަކަށް ހިތްވަރު ދިނުން ކަމަށެވެ.



އަދި ފަލަސްތީނުގެ ދިފާއުގައި މުޅި ދިވެހި ގައުމު އެކަތިގަނޑަކަށްވެފައިވާ މިދަނޑިވަޅުގައި މަޖިލިސް މެމްބަރަކަށް ހުންނަވައި ފިތުނަ އާއި ދޮގު ފަތުރައިގެން ދިވެހި ސަފުތައް ބައިބައިކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް ވެސް ޝާހިދު ވަނީ މުޙައްމަދު އިބްރާހީމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން