ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނައިފަރު ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮއްދޭން ވެވަޑައިގެން ވައުދު ފެނަކައިން ފުއްދައިފިއެވެ.

2023 ގައި ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމް ފެނަކަ އާއި ހަވާލުކުރިއިރު އެ ނިޒާމް ހުރީ އެއްކޮށް ފުރިހަމަ ނުވެއެވެ. އަދި އޭރު ފެނުގެ ނިޒާމަށް ލޯޑު ބޮޑުވެގެން ފެނުގެ ޙިދުމަތް މުޅި ރަށުން ކަނޑާލަންވެސްޖެހޭ ކަމަށް ފެނަކައިން ވަނީ ކުރިން މައުލޫމާތު ދީފައެވެ. މިކަމާއި ގުޅިގެން ރަށުގެ ރައްޔިތުން އެކި ދުވަސްތަކުގެ މަތިން ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ރަށު ރައްޔިތުންގެ ކަންބޮޑުވުންތަށް އައްސަވާ، ރައީސް ޑރ. މުޢިއްޒު ވަނީ ނައިފަރު ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮއްދޭނެ ކަމަށް ރިޔާސީ އިންތިޙާބު ތެރޭގައި ވައުދު ވެވަޑައިގެންފައެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރަށް މުއާޒް މުޙައްމަދު ރަޝީދު މަގާމާއި ހަވާލުވެ ވަޑައިގެން، އެންމެ ފުރަތަމަ ކުރެއްވި ރަސްމީ ދަތުރު ކުރެއްވީވެސް ނައިފަރަށެވެ. މި ދަތުރުގައި ނައިފަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ޑރ. މުޢިއްޒު ވެވަޑައިގެން ވައުދު ފެނަކައިން ފުއްދަވާނެ ކަމުގެ ޔަގީންކަށް ރައްޔިތުންނަށް ދެއްވިއެވެ.

ފެނަކަގެ ނައިފަރު ބްރާންޗްގެ މެނޭޖަރ ޒަކަރިއްޔާ ރިމްޒަން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 100 ޓަނުގެ 2 ފެން ޕްލާންޓް ހުރި އިރު 24 ގަޑިއިރުގެ ތެރޭގައި 130 ޓަނުގެ ފެން ނުހެދޭކަމަށެވެ. އަދި ބެލި ބެލުމުން ގެތަކުގައި ހުރި ކަނެކްޝަންތައް ކްރޮސް ކަނެކްޓް ކޮށްފައި ހުރުމުން ވަޅުފެން ވެސް ހޮޅިތަކުން ޕަންޕް ކުރާ ކަމަށެވެ.

މި ކްރޮސް ކަނެކްޝަންތަށް ހައްލުކޮށް ފެން ޕްލާންޓްތައް ގަވާއިދުން މެއިންޓެނަންސް ކުރުމުން މިހާރު ރަނގަޅަށް ޚިދުމަތް ދެވެމުން ދާކަމަށްވެސް ޒަކަރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި ފެން ފުލާންޓްގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް މާރިޗް މަހު ބިލް ކުރަންފެށުނު. ބިލް ކުރަންފެށުމާއެކު ފެން ބޭނުން ކުރަމުންދާވަރު ދުވާލަކު އެވަރެޖްކޮށް ބޭނުން ކުރަމުންދިޔަ 190 ޓަނުން 110 ޓަނަށް ވަނީ ދައްވެފަ." ޒަކަރިއްޔާ ގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.



19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވަނީ 2023 ގައި ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ގަރާރެއްވެސް މަޖިލީހަށް ހުށައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން