ރޯވި ދޯނިން އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ސިފައިން ޙަރަކާތްތެރިވަނީ
ރޯވި ދޯނިން އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ސިފައިން ޙަރަކާތްތެރިވަނީ
ލ. ގަމު، ތުނޑިއާ ދިމާލުން ރޯވެ ދޯންޏެއް އަޑިއަށް ދިޔަ ހާދިސާއެއްގައި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފްގެ ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް އެހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ މިއަދު 15:00 ގައި ކަމަށެވެ.

އެގޮތުން މިހާރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ގެއްލިގެން ހޯދަމުން އަންނަނީ ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.



އެމްއެންޑީއެފް އިން ބުނީ އަޑިއަށް ދިޔަ އެ ދޯނީގައި 10 މީހުން ތިބި ކަަމަށް އެ ދޯނީގެ ކެޕްޓަން މައުލޫމާތު ދޭ ކަމަށެވެ.

މިއީ މިއަދު ހިނގި ކަނޑުމަތީގެ ދެވަނަ ހާދިސާއެެވެ. މިއަދު 1:14 ހާއިރު ވަނީ ކ. ކޮށްދިޕަރު ކައިރީގައި އޮތް ފިނޮޅަކަށް ދަތުރު ދިޔަ ލޯންޗެއް އަޑިއަށް ގޮސްފައެވެ.

އެ ލޯންޗުން 7 މީހަކު ދަތުރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ލޯންޗު ބަންޑުން ޖަހާލި އިރު އޭގައި ތިބި މީހުން ވަނީ ފިނޮޅަށް އަރައިފައެވެ. ލޯންޗު އަޑިއަށް ދިޔައީ ލޯންޗަށް ދިޔަ އަރައި ދިޔަ ކޮންޓްރޯލު ނުވެގެންނެވެ. ލޯންޗުުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ޓީ

11-Aug-2020

ޢަޑިއަށް ދިޔަ ލޯންޗުގައި ތިބި ބައެއްގެ ހާލު ރަނގަޅު ވީ ގޮތް ބުނެ ދެވިދާނެތޯ. ޙާލު ރަނގަޅީ "ލޯންޗުގައި ތިބި މީހުންތޯ. ނޫނީ ލޯންޗުން ދަތުރުކުރި މީހުންތޯ


-6

ޓީ

11-Aug-2020

ޢަޑިއަށް ދިޔަ ލޯންޗުގައި ތިބި ބައެއްގެ ހާލު ރަނގަޅު ވީ ގޮތް ބުނެ ދެވިދާނެތޯ. ޙާލު ރަނގަޅީ "ލޯންޗުގައި ތިބި މީހުންތޯ. ނޫނީ ލޯންޗުން ދަތުރުކުރި މީހުންތޯ



ޓްރެންޑިން